ވިޔަފާރި

ޗައިނާ "ކޮޓުމް" މާކެޓްގައި ރާއްޖޭން ބައިވެރި ވެއްޖެ

Apr 16, 2015

ޗައިނާގައި ބޭއްވި "ކޮޓުމް" މާކެޓް ފެއާގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން ޕީއާރު ކޯޕަރޭޝަން ( އެމްއެމްޕީއާރުސީ) އާއި ގުޅިގެން ބައިވެރިވި މި ފެއާގައި ރާއްޖޭގެ 30 ކުންފުންޏަކުން 62 ފަރާތެއް ބައިވެރިވެފައިވެ އެވެ.

މި ފެއާގައި ޓޫރިޒަމް ދާއިރާއަށް ސަޕްލައިކުރާ ފަރާތްތަކުން ވެސް ގިނަ އަދަދަކަށް ބައިވެރިވެފައިވެ އެވެ. މިދިޔަ އަހަރުގެ ކޮޓުމް ފެއާގައި ޗައިނާގެ 3،000 އަށްވުރެ ގިނަ ވިޔަފާރިވެރިން ބައިވެރިވެފައިވެ އެވެ. އަދި މިފެއާގައި 65 ގައުމަކުން 400 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެފައިވެ އެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ އެއް ގައުމެވެ. އެ ގައުމުން މިދިޔަ އަހަރު އެކައި ވެސް ތިން ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ.