ހަބަރު

ކަނިފިނޮޅު ރިސޯޓްގެ ކޮޓަރިތަކެއްގައި ރޯވެއްޖެ

Aug 12, 2017
1

މާލެ އަތޮޅުގައި ހިންގާ ކަނިފިނޮޅު ރިސޯޓްގެ ރޫމްތަކެއްގެ ރޯވެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްއިން އެ ރިސޯޓްގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީީ އަލިފާން ރޯވެފައި ވަނީ ކަނިފިނޮޅުގައި ހުރި ދެ ގެސްޓް ކޮޓަރި އެއްގައި ކަމަށެވެ. އަލިފާނުގެ އެ ހާދިސާ ރިޕޯޓް ކުރީ އިރުއޮއްސި، 6:25 ހާއިރު ކަމަށް ވެސް އޮފިސަރު ވިދާޅުވި އެވެ.

މި އަލިފާނުގެ ހާދިސާގެ މާބޮޑު ތަފްސީލެއް އަދި ނުލިބެ އެވެ. އަދި އެ ހާދިސާގައި މީހަކަށް އަނިޔާވި ކަމެއް ވެސް ނޭނގެ އެވެ.