ވިޔަފާރި

ގައުމީ އެއާލައިނުން ކޮލަމްބޯ - މާލެއަށް 60 ޑޮލަރަށް ދަތުރެއް

Apr 18, 2015

މޯލްޑިވިއަން އިން ކޮލަމްބޯ އިން މާލެއަށް 60 ޑޮލަރަށް މިމަހު 24 ވަނަ ދުވަހު ފްލައިޓެއް ބާއްވަން ތައްޔާރު ވެއްޖެ އެވެ.

ގައުމީ އެއާލައިން "މޯލްޑިވިއަން" އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު ވިދާޅުވީ މިމަހުގެ 24 ވަނަ ދުވަހު ސްރީލަންކާގެ ކޮލަމްބޯ އިން މާލެއަށް ބާއްވާ ފްލައިޓަކީ ލަންކާއިން ހުސް ފްލައިޓެއް ގެންނަން ޖެހޭތީ ބާއްވާ ފްލައިޓެއް ކަމަށެވެ.

"މި ފްލައިޓަކީ ގަމުން ކޮލަމްބޯއަށް ބާއްވާ ޗާޓަރެއް. ހާއްސަ އަގެއް ޓިކެޓު ވިއްކަނީ ގަމުން ކޮލަމްބޯއަށް ބާއްވާ ޗާޓަރު ފްލައިޓެއް ލަންކާ އިން އަންނަރު ޖާގަތައް ފިލްކޮށްލުމަށް. މި ފްލައިޓް މި އަންނަނީ ސީދާ މާލެއަށް،" ނަޝާތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 60 ޑޮލަރަކީ ވަރަށް ކުޑަ އަގެއް ކަމަށެވެ.