ލައިފްސްޓައިލް

މާގިނައިން ކާހިތްވަންޏާ ވޯލްނަޓް ކޮޅެއް ކާލާ

Aug 18, 2017
3

ބަރުދަން ލުއިކޮށް ރީތި ލޫޅާފަތި ހަށިގަނޑެއް ބޭނުންވި ނަމަވެސް، ބައެއް މީހުންނަކީ ކެއުން ކޮންޓްރޯލު ކުރަން އުނދަގޫ މީހުންނެވެ. ހާއްސަކޮށް އަބަދު ކާހިތްވެފައި ތިބޭ މީހުން އުޅެ އެވެ. އެފަދަ މީހުން ކެއުން ކޮންޓްރޯލު ކުރަން ވޯލްނަޓަކީ ރަނގަޅު ބައިވެރި އެކެވެ.

ސަބަބަކީ ވޯލްނަޓްގެ ކެއުމުން މީހާ ބަނޑުހައި ނުވިޔަސް ކާހިތް ޖައްސުވައި ދިނުން ސިކުނޑިން ދަށްކޮށްދެ އެވެ.

ބެތު އިޒްރާއިލް ޑީކޮނެސް މެޑިކަލް ސެންޓަރުން ކޮށްފައިވާ އެ ދިރާސާގައި ބުނެފައިވަނީ ވޯލްނަޓްގެ ކެއުމުގެ ސަބަބުން ސިކުނޑީގެ މަސައްކަތް ތައް ބަދަލުކޮށްލާ ކަމަށެވެ. އެގޮތުން މާގިނައިން ކާހިތްވުން ހުއްޓުވައިދީ ބަނޑު ފުރިފައި ހުރި ކަމުގެ އިހުސާސްކޮށްދޭ ކަމަށެވެ.

އެ ދިރާސާގައި ސައިންޓިސްޓުން ވަނީ ފަލަކޮށް ތިބޭ 10 މީހަކު ބައިވެރިކޮށްގެން ސެޝަން ތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން 48 ގްރާމްގެ ވޮލްނަޓް ސްމޫތީ އެއް ފުރަތަމަ ސެޝަންގައި ކޮންމެ ދުވަހަކު ދީފައިވެ އެވެ. އަދި ވޯލްނަޓް ނާޅައި ނަމަވެސް ތަފާތު އެހެން ނިއުޓްރިޝަންތައް ހިމެނޭ ސްމޫތީ އެއް އަނެއް ސެޝަންގައި ދީފައިވެ އެވެ.

އެގޮތުން ވޯލްނަޓް ނާޅާ އެމީހުން ސްމޫތީ ބުއި ދުވަސްތަކާއި ވޮލްނަޓް އަޅާފައި ހުރި ސްމޫތީ ބުއި ސެޝަންތަކުގައި ތަފާތު ބޮޑުކަމަށް ދައްކަ އެވެ. އެގޮތުން ވޯލްނަޓް ނާޅާ އެމީހުން ސްމޫތީ ބުއި ދުވަސްތަކުގައި ކާއެއްޗިއްސަށް އެމީހުން މާބޮޑަށް ހިތް ކިޔާ ކާހިތް ޖެހިފައިވެ އެވެ.

އެހެން ކަމުން ވޯލްނަޓަކީ ބަރުދަން ލުއިކޮށް ހިކެން ބޭނުންވާ މީހުން އެމީހުންގެ ޑައިޓްގައި ކޮންމެހެން ވެސް ހިމަނަން ރަނގަޅު އެއްޗެކެވެ.