ވިޔަފާރި

ފަސްހާހަށް ވުރެ ގިނަ ރިސޯޓު މުވައްޒަފުން ޕެޓިޝަންގައި ސޮއިކޮށްފި

Apr 19, 2015
4

"ޕެޓިޝަންތައް ހުރިހާ ރިސޯޓުތަކުން އަދި ނުލިބޭ. އެކަމަކު ސޮއިކުރުން ކުރިއަށް ދަނީ. މިހާރު 60 ރިސޯޓުގައި މި މަސައްކަތް ކުރިއަށް އެބަދޭ،" މައުރޫފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި މި ޕެޓިޝަންގެ މައުލޫމާތު ގިނަ ބަޔަކަށް ނުލިބޭ ކަމަށާއި، މީގެ އެއް ސަބަބަކީ މީޑިޔާތަކުން ޖާގަ ނުލިބުން ކަމަށެވެ. ނަމަވެސް ރިސޯޓުތަކުގެ މެނޭޖުމަންޓުތަކުން ބޮޑު އެއްބާރުލުމެއް ލިބެމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވީ މި ޕެޓިޝަން ސަރުކާރަށް ހުށަހަޅާނެ ތާރީހެއް އެނގޭނީ މިމަހުގެ 22 ވަނަ ދުވަހު ބާއްވާ ޓީމްގެ ބޯޑުގެ ބައްދަލުވުމަށްފަހު ކަމަށެވެ.

ޓީމުން ރިސޯޓު މުވައްޒަފުން ލައްވައި ސޮއިކުރަމުން ގެންދާ ޕެޓިޝަންގައި ފަސް ޑިމާންޑެއް ފާހަގަ ކޮށްފައިވެ އެވެ.

އޭގެ ތެރޭގައި ރިސޯޓު ތަކާއި ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަކީ 600 ޑޮލަރު ކަމުގައި ހަމަޖެއްސުމާއި ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހިންގެ ނިސްބަތް 80 ޕަސެންޓަށް ބަދަލު ކުރުމަށް ކަނޑައަޅައި މަސައްކަތްތެރިންގެ ބައިވެރިވުމާއިއެކު އެކަން ތަންފީޒު ކުރަން ފެށުން ހިމެނެ އެވެ. މީގެ އިތުރުން އިންޑަސްޓްރިއަލް ރިލޭޝަން ގާނޫނެއް ފާސްކޮށް ތަންފީޒު ކުރަން ފެށުމާއި ސާވިސް ޗާޖު 12 ޕަސެންޓަށް ބަދަލުކޮށް ތަންފީޒު ކުރަން ފެށުމާއި މި ސަރުކާރުގެ ވައުދެއް ކަމަށް "ރިސޯޓު ހިއްސާ ރިސޯޓު މުވައްޒަފުން" ނަށް ދިނުމުގެ ވައުދު ފުއްދުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ލިބުމާއި، މި ވައުދު ފުއްދުމަށް މުވައްޒަފުންގެ ފަރާތުން ކޮށްދެވޭނެ ކަންކަން ދެނެގަތުން ހިމެނެ އެވެ.