ދުނިޔެ

ބާސެލޯނާއަށާއި ކެބްރިލްސްއަށް ދޭން ރާވާފައި އޮތީ ބޮޑެތި ހަމަލާތަކެއް

ސްޕެއިންގެ ބާސެލޯނާއާއި އެގައުމުގެ ކެމްބްރިލްސް ނަމަކަށް ކިޔާ ރަށުގައި މީހުންގެ ގައިގައި ވޭނަކުން ޖައްސައި 13 މީހުން މަރައިލި މީހުން ދޭން ރާވާފައި އޮތީ އެއަށް ވުރެ ބޮޑެތި ހަމަލާތަކެއް ކަަމަށް ސްޕެއިން ފުލުހުން ބުނެފިއެވެ.

ސްޕެއިންގެ ކެޓޮލިނާގެ ފުލުހުންގެ ވެރިޔާ އާ ހަވާލާދީ ބީބީސީ ބުނީ ވޭނުން ޖެއްސުމުގެ ހަމަލާ ދިނީ ބޮމުގެ ހަމަލާއެެއްދޭން ގޮވާތަކެތި ތައްޔާރުކުރަން އުޅެނިކޮށް އެތަކެތި ގޮވުމުން ކަން އެނގިފަައިވާ ކަމަށެވެ.

ބާސެލޯނާގެ މަޝްހޫރު ސަރަހައްދެއް ކަމަށްވާ ލަސް ރަމްބްލާސްގައި ރޭގައި ވޭނަކުން ޖައްސައި 13 މީހުން މަރައިލި ކަމަށް ތުހުމަތު ކުރެވޭ މޫސާ އޫކަބީިރު ހޯދަން ސްޕެއިން ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެމަސައްކަތުގައި އުޅުނު ފުލުހުންނަށް މިއަދު ހެނދުނު ވަނީ ތުހުމަތު ކުރެވޭ ފަސް މީހަކު ފެނިފައެވެ. އެމީހުން ހައްޔަރު ކުރަން އުޅުމުން އެމީހުންނާ ފުލުހުންނާ ދެމެދު ބަދަލުކުރި ހަމަލާތަކެއްގައި ފަސް މީހުން ވެސް ވަނީ މަރުވެފައެވެ.

ހަމަލާތަކުގައި މަރުވި މީހުންގެ އިތުރުން 100 މީހަކު ޒަހަމްވެފައި ވާތީ މަރުވި މީހުންގެ އަދަދު އަދި އިތުރުވާނެ ކަަމަށް ވަނީ ބެލެވިފައެވެ.

ސްޕެއިންގައި ހަމަލާތައް ދިނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ގޮވައިލި ގޮވައިލުމަކަށް އިޖާބަ ދިން ބަޔަކު ކަމަށް އައިއެސް އިން ވަނީ ބުނެފައެވެ.