ވިޔަފާރި

"ގޯއެއާ" ގެ ދަތުރުތައް ރާއްޖެއަށް ފަށަނީ

އިންޑިޔާގެ ބަޖެޓް އެއާލައިން "ގޯއެއާ" ގެ ދަތުރުތައް އޮކްޓޫބަރު މަހު ރާއްޖެ އަށް ފަށާނެ ކަމަށް އެއާލައިނުން ބުނެފި އެވެ.

އިންޑިޔާގެ "ބިޒްނަސް ސްޓޭންޑް" ނޫހުގައިވާ ގޮތުން މި އެއާލައިނުން ތައިލެންޑުގެ ޕުކެޓާއި ރާއްޖެއަށް ދަތުރުތައް ފަށަން ދަނީ މަސައްކަތް ކުރަމުންނެވެ.

"ގޯއެއާ" އަކީ އިންޑިޔާގައި ފުޅާދާއިރާއެއްގައި އުދުހެމުން ގެންދާ ބަޖެޓު އެއާލައިނެކެވެ. ދެހާސް ފަސްވަނަ އިންޑިޔާގައި އެތެރޭގެ ދަތުރުތައް ފަށަން އުފެއްދި އިން ދާދިފަހުން ވަނީ އެ ކުންފުނި ފުޅާ ކުރުމަށް ދާދި ފަހުން 7.7 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން އެ އާލައިނަށް އިތުރު މަތިންދާ ބޯޓު ފަހަރު ހޯދަން ދަނީ މަސައްކަރް ކުރަމުންނެވެ.

އިންޑިޔާގެ ބަޖެޓު އެއާލައިނެއްގެ ދަތުރުތައް ފަށަން މަސައްކަތް ފަށާފައިވާއިރު، ޔޫރަޕުގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ އެއާފްރާންސުގެ ދަތުރުތައް ވެސް ނޮވެމްބަރު މަހު ފަށަން ދަނީ ތައްޔާރުވަމުންނެވެ.

ރާއްޖެ އަށް ކުރާ ދަތުރުތަކަށް އެއާ ފްރާންސުން ބޭނުން ކުރާނީ ބޮއިން 200-777 މަރުކާގެ ބޯޓެކެވެ.