ހަބަރު

ލަވަ ކިޔުންތެރިޔާ އާތިފް އަވަހާރަވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ މޭޖާ އަހްމަދު އާތިފް އަަވަހާރަވެއްޖެ އެވެ.

އާތިފް އަވަހާރަވީ ކުއްލި ގޮތަކަށް ހދ. ހަނިމާދޫގަ އެވެ. އާތިފް އަކީ އެމްއެންޑިއެފްގެ ވަޒީފާގައި އުޅުއްވާ ފަރާތެކެވެ. އަވަހާރަވި އިރު އޭނަ ހުންނެވީ ހަނިމާދޫގައި ހުންނަ ސިފައިންގެ އިސްވެރިޔާގެ މަގާމުގަ އެވެ.

އާތިފް ވަނީ ގިނަ ދުވަސްތަކެއް ވަންދެން ސިފައިންގެއަށް ހިދުމަތް ކުރައްވާފަ އެވެ. އަދި ސިފައިންގެ ބޭންޑުގައިވެސް އާތިފް ވަނީ އިސްދައުރެއް އަދާކުރައްވާފަ އެވެ. އަވަހާރަވިއިރު އާތިފް އުޅުއްވީ އާލަސްކަންފުޅާ ނޫން ކަމަށްވެ އެވެ. އަވަހާރަވެފައި އޮއްވާ ފެނުނީ ހޭނުލައިގެން ގޮސް ބެލި އިރު އެވެ. ހަނިމާދޫގައި އާތިފް ދިރިއުޅުއްވަމުން ގެންދެވީ ސިފައިންގެ މަރުކަޒުގައި ހުންނަ ކޮޓަރިއެއްގަ އެވެ.

އެނގިފައިވާ ގޮތުގައި އާތިފްގެ ހަށިގަނޑު މިއަދު ހަވީރުގެ ފްލައިޓުން މާލެ ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އާތިފް އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ސިފައިންގެ ޑްރާމާއަކަށް އޭނާ ކިޔާފައިވާ "ދޭނަން ހިތާ ޖާނާ" އެ ލަވަ އިންނެވެ. އޭގެ އިތުރުން ގައުމީ ގިނަ ލަވަތަކެއްވެސް އާތިފް ކިޔާފައިވެ އެވެ.