ހަބަރު

ހާލުކޮޅު ދެރަވެ، ހަލީލް އެޑްމިޓްކޮށްފި

Aug 20, 2017
11

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ސެކެޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލް މިރޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ އިސް މެންބަރަކު "އަވަސް"އަށް ވިދާޅުވީ ކުއްލިއަކަށް ހާލުކޮޅު ދެރަވެގެން ހަލީލް މިރޭ އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށާއި ޑޮކްޓަރުން މިހާރު ޓެސްޓުތައް ހަދަމުން އަންނަ ކަމަށެވެ. ނަމަވެސް ހަލީލްގެ ހާލު ދެރަވީ ކީއްވެ ކަމެއް އެމްޕީ ވިދާޅެއް ނުވި އެވެ.

ހަލީލް އެޑްމިޓް ކުރުމުން ޕީޕީއެމްގެ މަޖިލީސް މެންބަރުންނާއި ބައެއް ލީޑާޝިޕްގެ ބޭފުޅުން ވަނީ އައިޖީއެމްއެޗްއަށް ވަޑައިގެން ހަލީލްގެ ހާލު ބައްލަވައިފަ އެވެ.

ހަލީލް މިރޭ އެޑްމިޓް ކުރި އިރު މެއަށް ތަދެއް އަރައިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ ވެސް އިއްޔެ ވަނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގަ އެވެ.