ހަބަރު

އާތިފްގެ ހަށިގަނޑު މާލެ ގެނެސްފި، ޖަނާޒާ މިރޭ 11:30 ގައި

މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެމްއެންޑީއެފްގެ ނޮދަން އޭރިއާ ޑެޕިއުޓީ މޭޖާ ކޮމާންޑާ އަހުމަދު އާތިފްގެ ހަށިގަނޑު މާލެ ގެނެސްފި އެވެ. އާތިފް އަވަހާރަވީ ކުއްލި ގޮތަކަށް ހދ. ހަނިމާދޫގަ އެވެ.

އާތިފްގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ މިރޭ 8:15 ހާއިރު އެވެ. އާތިފްގެ ހަށިގަނޑު ބަލާ އޭނާގެ އާއިލާއިން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފަ އެވެ. އަދި މިހާރު ހަށިގަނޑު ވަނީ އާސަހަރާއަށް ގެންގޮސްފަ އެވެ. އަދި އޭނާގެ ޖަނާޒާ އޮތީ މިރޭ 11:30 ގައެވެ.

އާތިފް އަވަހާރަވި އިރު އޭނަ ހުންނެވީ ހަނިމާދޫގައި ހުންނަ ސިފައިންގެ އިސްވެރިޔާގެ މަގާމުގަ އެވެ. ގާތްގަނޑަކަށް 30 އަހަރު ހިދުމަތްކޮަށްދީފައިވާ އާތިފް އުޅުއްވީ އާލަސްކަންފުޅާ ނޫން ކަމަށްވެ އެވެ. އަވަހާރަވެފައި އޮއްވާ ފެނުނީ ހޭނުލައިގެން ގޮސް ބެލި އިރު އެވެ. ހަނިމާދޫގައި އާތިފް ދިރިއުޅުއްވަމުން ގެންދެވީ ސިފައިންގެ މަރުކަޒުގައި ހުންނަ ކޮޓަރިއެއްގަ އެވެ.