ހަބަރު

ބަދަލުތަކާއެކު ނަން ވެސް ބަދަލުކޮށް ސަލްޓަން ޕާކް މިރޭ ހުޅުވަނީ

މަރާމާތަށް ބަންދުކޮށްފައިވާ މާލޭގެ ސަލްޓަން ޕާކުގެ ނަން ބަދަލު ކުރުމަށްފަހު މިރޭ ހުޅުވަން ނިންމައިިފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ މިރޭ ބާއްވާ ރަސްމިއްޔާތެއްގައި އެޕާކު ހުޅުވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޔާމިން އަބްދުލްގައްޔޫމް އެވެ. މިރޭ ސަލްޓަން ޕާކު ހުޅުވާއިރު ވިންޓާ ތީމަށް ތައްޔާރުކުރާ އޭރިއާގެ މަސައްކަތް އެއްކޮށް ނުނިމޭ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެ އެވެ. އަދި މި އަހަރު ނިމެންވާއިރަށް އެ ބައިގެ މަސައްކަތް ނިމޭނެ ކަމަށެވެ.

މާލޭގެ އެންމެ ބޮޑު ޕާކް ތަރައްގީ ކުރުމުގެ މަސައްކަތް މިދިޔަ އަހަރު ޖެނުއަރީ މަހު ހައުސިން މިނިސްޓްރީން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. ދެ ފިޔަވައްސަކަށް ތަރައްގީ ކުރާ ޕާކުގެ މަސައްކަތް އެމްޓީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނިޔަލަށް ނިންމާށެވެ. ނަމަވެސް ބޭރުން ތަކެތި ގެނައުން ލަސްވުމުގެ ސަބަބުން ޕާކުގެ މަސައްކަތް ނިމޭނެ ކަމަށް ކުރިން ލަފާކޮށްފައިވަނީ މިދިޔަ މަހު އެވެ. އެ ޕާކުގެ މަސައްކަތް ކޮށްފައިވަނީ އެމްއެންޑީއެފުންނެވެ.

ސަލްޓަން ޕާކަކީ މާލޭގައި ހަދާފައިވާ އެހެން ހުރިހާ ޕާކުތަކަށްވުރެ ބޮޑު އަދި އެހެން ޕާކުތަކާއި ތަފާތު ކޮންސެޕްޓަކަށް ހަދާ ޕާކެކެވެ.

ސަލްޓަންޕާކް ތަރައްގީ އެޑިއުކޭޝަނަލް ބައިތައް ވެސް ހިމެނޭ ގޮތަށް މުނިފޫހި ފިލުވުމާއެކު އެވެ. އަދި އުސްގެ ކޮޅު ހަދަނީ ހެރިޓޭޖް ޕްލާޒާއަކަށެވެ. ދެބުރީގެ ފައުންޓަނާއި، ކުޑަކުދިންގެ ކުޅޭ ސަރަޙައްދާއި ގްރީން ވޯކް ޓަނަލާއި ސްޓޭޖް ޑްރާމާ ތިއޭޓަރާއި ޕްލޭ އޭރިއާއެއް ވެސް ހިމެނެއެވެ. ޕާކްގައި ވިންޓަ ތީމް އޭރިއާއެއް ވެސް ތަރައްގީ ކުރެއެވެ.