ހަބަރު

ހޮލިޑޭ މޭކާސް އިން މީރާއަށް ދެ ޓެކުހެއް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

Aug 22, 2017
1

ހޮލިޑޭ މޭކާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދައްކަންޖެހޭ ޖީއެސްޓީ އާއި ވިތްހޯލްޑިން ޓެކްސް އަދި އެއާގުޅޭ އެހެނިހެން ފައިސާ، އެއް މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ހަލާސް ކުރުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ހުކުމް ކޮށްފައިވަނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއާ އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 7,805 ޑޮލަރާއި 1,500 ރުފިޔާގެ އިތުރުން ވިތްހޯލްޑިން ޓެކުހާއި އެއާގުޅޭ ޖޫރިމަނާ އަދި އިންޓްރެސްޓްގެ ގޮތުގައި ޖުމްލަ 116,709 ރުފިޔާ ދެއްކުމަށެވެ.