ރައްޔިތުންގެ މަޖިލިސް

ބިރާއި ނުފޫޒަށް ފަހަކަށް ނުޖެހޭނަން: މަސީހު

Aug 24, 2017
14

ކުރިމަތި ކުރުވާ ބިރަކަށް އަދި ދައްކާ ނުފޫޒުކަށް ޖެހިލުންވެ ވަޑައި ނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ކުރިމަތި ކުރުވާ އެއްވެސް ބިރަކަށް ވެސް އަދި ދައްކާ ނުފޫޒުކަށް ވެސް ޖެހިލުންވެ ވަޑައި ނުގަންނަވާނެ ދިމާވާ އަދި ކުރިމަތިކުރުވާ ބިރާއި މައްސަލަަކާއި ކެރިގެން ކުރިމަތި ލަވައިގެން ސާބިތު ކަމާއެކު ދެމި ހުންނަވާނެ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ބުނެ މީގެ ކުރިން ތަކުރާރުކޮށް މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން މަސައްކަތްކޮށްފަ އެވެ. އެންމެ ފަހުން އެ މައްސަލަ ވައްދާފައި ވަނީ މަޖިލީހުގެ 45 މެންބަރުންގެ ސޮއި ހިމަނައިގެންނެވެ. އެ މައްސަލަތަކަށް ފަހު މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ނުގޮސް ގިނަ ދުވަސްތަކަށް ދެމިގެން ގޮސްފައިވާއިރު އެ މައްސަލަ ވަނީ ބާތިލުކޮށްފަ އެވެ.

މިއަދު މަޖިލިސް ޗުއްޓީއަށް ދިޔައިރު އިދިކޮޅު ފަރާތްތަކުން ބުނަނީ މަސީހުގެ އިތުބާރުގެ މައްސަ އެޖެންޑާ ނުކުރަނީސް މަޖިލިސް ކުރިއަށް ގެންދިއުމަށް ފުރުސަތު ނުދޭނެ ކަމަށެވެ.