ހަބަރު

ގާސިމްގެ ގޮނޑި އަދި ނުގެއްލޭ: ވަކީލުން

މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ މައްޗަށް އެއް އަހަރަށްވުރެ ބޮޑު ޖަލު ހުކުމެއް އިއްވާފައިވީ ނަމަވެސް ސުޕްރީމް ކޯޓުން ގޮނޑިއާމެދު ގޮތެއް ނިންމާފައި ނުވާތީ އެމަނިކުފާނުގެ ގޮނޑި ގެއްލިއްޖެ ކަމަށް ބެލެވޭނެ ތަނެއް ނެތް ކަމަށް ވަކީލުން ވިދާޅުވެއްޖެ އެވެ.

ގާސިމް އިބްރާހިމްގެ މައްޗަށް އިއްވާފައިވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. ގާނޫނުގައިވާ ގޮތުން އެއް އަހަރަށްވުރެ ބޮޑު ޖަލު ހުކުމެއް މެންބަރެއްގެ މައްޗަށް އައިސްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވަކީލުން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ، ގާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ، ގާނޫނޫނު އަސާސީ އާއި ކަމާގުޅުން ހުރި އެހެނިހެން ގާނޫނުތަކާ ވެސް ހިލާފަށް އަދި އެމަނިކުފާނުގެ ޣައިރު ހާޒިރުގައި ޝަރީއަތްކޮށްގެން ކޮށްފައިވާ ހުކުމެއް ކަމަށްވާތީ، އެ ހުކުމް އިސްތިއުނާ ފުކުރުމަށް އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް އެއް އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ކުރި ނަމަވެސް، އެ ހުކުމެއް އިސްތިއުނާފު ކުރުމުގެ ހައްގު އޮތްހާ ހިނދަކު، އެމެންބަރެއް ތަމްސީލުކުރާ ދާއިރާގެ ގޮނޑި ހުސްވެއްޖެކަމަށް ނުބެލެވޭނެ ކަމަށް، ސުޕްރީމް ކޯޓުގެ މީގެ ކުރިން ކަނޑައަޅާފައިވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.

އޭގެއިތުރުން ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި "ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަގާމުން ވަކިކުރަން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާމެދު ހިލާފެއް އުފެދިއްޖެނަމަ އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން"، ކަމަށް ބަޔާންކޮށްފައިވާކަން ވެސް ވަކީލުން ފާހަގަކުރެއްވި އެވެ.

ވަކީލުން ވިދާޅުވީ، ގާސިމްގެ މައްޗަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް އެމަނިކުފާނު ނިންމަވާފައިވާތީ، އެކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަމަށް ގެނެސް، އެ ހުކުމުގެ އިސްތިއުނާފީ މަރުހަލާތައް ނިމެންދެން މާމިގިލީ ދާއިރާގެ ގޮނޑިއާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުއްވުމަށް އިލްތިމާސްކޮށް، އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި އިލެކްޝަންސް ކޮމިޝަންގައި ސިޓީއަކުން ދަންނަވާފައިވާނެ ކަމަށެވެ.

ގާސިމްގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައިވީ ނަމަވެސް އެމަނިކުފާނު އަދި ޖަލަށް ގެންގޮސްފައެއް ނުވެ އެވެ. ސިއްހީ ހާލުކޮޅު ގޯސްވުމުގެ ސަބަބުން އެމަނިކުފާނު އޮންނެވީ އައިޖީއެމްއެޗްގަ އެވެ. ކުރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް އިއްވިއިރު ބޭރަށް ވަޑައިގެން ފަރުވާ ހޯދޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަށް ކަމާ ގުޅޭ މުއައްސަސާތަކުގެ މައްޗަށް އަމުރުކޮށްފައިވެ އެވެ. ނަމަވެސް މިހާތަނަށް ގާސިމް ބޭރަށް ފުރުމުގެ ހުއްދަ ދީފައެއް ނުވެ އެވެ.

ވަކީލުން ވިދާޅުވީ، ގާސިމްގެ މައްޗަށް ކޮށްފައިވާ ހުކުމް އިސްތިއުނާފުކުރުމަށް އެމަނިކުފާނު ނިންމަވާފައިވާތީ، އެކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަމަށް ގެނެސް، އެ ހުކުމުގެ އިސްތިއުނާފު މަރުހަލާތައް ނިމެންދެން މާމިގިލީ ދާއިރާގެ ގޮނޑިއާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުއްވުމަށް އިލްތިމާސްކޮށް، އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި އިލެކްޝަންސް ކޮމިޝަންގައި ސިޓީއަކުން ދަންނަވާފައިވާނެ ކަމަށެވެ.

ގާސިމްގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައިވީ ނަމަވެސް އެމަނިކުފާނު އަދި ޖަލަށް ގެންގޮސްފައެއް ނުވެ އެވެ. ސިއްހީ ހާލުކޮޅު ގޯސްވުމުގެ ސަބަބުން އެމަނިކުފާނު އޮންނެވީ އައިޖީއެމްއެޗްގަ އެވެ. ކުރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް އިއްވިއިރު ބޭރަށް ވަޑައިގެން ފަރުވާ ހޯދޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަށް ކަމާ ގުޅޭ މުއައްސަސާތަކުގެ މައްޗަށް އަމުރުކޮށްފައިވެ އެވެ. ނަމަވެސް މިހާތަނަށް ގާސިމް ބޭރަށް ފުރުމުގެ ހުއްދަ ދީފައެއް ނުވެ އެވެ.