ހަބަރު

ގުރައިދޫ ފަޅު ތެރޭ، ސަފާރީއެއްގައި މާރާމާރީ ހިންގައިފި

Aug 27, 2017
2

ކ. ގުރައިދޫ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއަކަށް ބަޔަކު އަރައި މާރާމާރީ ހިންގައިިފި އެވެ.

ފުލުހުން ބުނީ ގުރައިދޫ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއަކަށް ބަޔަކު އަރައި މާރާމާރީ ހިންގިކަމުގެ މައްސަލައެއް ރޭ އަށެއް ޖަހާކަށްހާއިރު ހުށްހަޅާފައިވާ ކަމަށެވެ. އެ މައްސަލައިގައި މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެ އެވެ.

އެނގިފައިވާ ގޮތުގައި އެ ސަފާރީއަށް އަރައި މާރާމާރީ ހިންގީ ރާފުޅިއެއް ނުދިނުމުން އެ މައްސަލައިގަ އެވެ. އެ މާރާމާރީގައި ސަފާރީގެ ފަޅުވެރިންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ. ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.

މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި މި މަހުގެ ތެރޭގައި އެކަނިވެސް 12 މީހުން ވަނީ މާލެއިން ހައްޔަރުކޮށްފަ އެވެ.