ހަބަރު

ދިފާއީ ދާއިރާއިން ރާއްޖެއަށް އެހީވުމުގެ އެއްބަސްވުމެއްގައި ޗައިނާއާ އެކު ސޮއިކޮށްފި

Apr 20, 2015

ދިފާއީ ދާއިރާއިން ރާއްޖެއަށް އެހީ ދިނުމުގެ އެއްބަސްވުމެއްގައި ޗައިނާއާ ރާއްޖެއާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.

ކޯސްޓްގާޑް ބިލްޑިންގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލެވެ. ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ވަންގް ފުކަންގެވެ.

އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ދިފާއީ ދާއިރާއިން 64.5 މިލިއަން ރުފިޔާގެ އެހީގެ ޗައިނާއިން ރާއްޖެއަށް ދޭނެ ކަމަށެވެ. އަދި އެ އެހީ ބޭނުންކުރާނީ ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރެވިގެން އެކުލަވާލެވޭ ޕްރޮޓޮކޯލެއްގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.