ހަބަރު

ޑިއުޓީ ކުޑަކުރަން ހުށަހެޅި ބިލް ފާސްކޮށްފި

Apr 20, 2015

ސައިކަލުން ޑިއުޓީ ކުޑަކޮށް ގާމެންޓްސް އިން ޑިއުޓީ ނުނަގާ ގޮތަށް އެކްސްޕޯޓް އިމްޕޯޓު ގާނޫނަށް ސަރުކާރުން ހުށަހެޅި ފާސްކޮށްފިއެވެ.

މި އިސްލާހު ފާސްކުރީ މުޅި މަޖިލީހުގެ ކޮމިޓީން 44 މެންބަރުންގެ ވޯޓާއެކު އެވެ.

އެ ބިލުގައި ބުނާ ގޮތުން ފަސިންޖަރުން އުފުލާ އެއްގަމުގައި ދުއްވާ އެއްޗިހީގެ ތެރެއިން ކާރާއި ޖީޕާއި ވޭނާއި އޮޓޯ ސައިކަލާއި މޮޓޯ ސައިކަލް ފިޔަވައި އެހެން އުޅަނދުތަކުން 150 ޕަސެންޓުގެ ޑިއުޓީއެއް ނަގާނެ އެވެ. އޮޓޯ ސައިކަލާއި މޮޓޯ ސައިކަލުން 150 ޕަސެންޓުގެ ޑިއުޓީއެއް ނަގާގޮތަށް ކުރިން ފާސްކޮށްފައި އޮތްނަމަވެސް އެ އަދަދު ވަނީ 100 ޕަސެންޓަށް ކުޑަކޮށްފައެވެ.

އަދި ނުކުޅެދޭ މީހުންނަށް ޚާއްސަ އިންޖީނުލީ ދުއްވާ އެއްޗިއްސާއި އިންޖީނު ނުލާ ދުއްވާ އެއްޗިއްސާއި އޭގެ ބައިތަކުން ނަގާނީ ފަސް ޕަސެންޓުގެ ޑިއުޓީއެކެވެ. މީގެ އިތުރުން ތައްޔާރީ ހެދުމާއި، ހެދުން އެޅުމުގައި ބޭނުންކުރާ އެއްޗިހިން އެއްވެސް ޑިއުޓީއެއް ނުނަގާނެ އެވެ.