ހަބަރު

ޕީޕީއެމްގެ ކައުންސިލްގައި ތިއްބަވާނެ މަޖިލިސް މެންބަރުން އިންތިހާބުކޮށްފި

Apr 20, 2015

ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ، ޕީޖީގެ ފަރާތުން އެ ޕާޓީގެ ކައުންސިލްގައި ތިއްބަވާނެ 10 މެންބަރަކު މިއަދު އިންތިހާބުކޮށްފި އެވެ.

ޕީޖީ ގްރޫޕްގެ މެންބަރުގެ މެދުގައި، މިއަދު މެންދުރުފަހު މުލިއާގޭގައި ބޭއްވި އިންތިހާބުގައި، ކައުންސިލަށް ހޮވިފައި ވަނީ އަހުމަދު ތޯރިގް (ޓޮމް) އާއި ހުޅުދޫ ދާއިރާގެ މުހައްމަދު ޝާހިދާއި ނައިފަރު ދާއިރާގެ އަހުމަދު ޝިޔާމާއި ދާންދޫ ދާއިރާގެ އަހުމަދު އައްސަދާއި ބާރަށު ދާއިރާގެ އިބްރާހިމް ޝުޖާއު އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ކެލާ ދާއިރާގެ އަލީ އާރިފާއި ނިލަންދޫ ދާއިރާގެ އަބްދުﷲ ހަލީލާއި ފަރެސްމާތޮޑާާ ދާއިރާގެ ހުސެއިން މުހައްމަދު ލަތީފް އަދި ގުރައިދޫ ދާއިރާގެ އިބްރާހިމް ރިޒާ އެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ ކައުންސިލްގެ 31 މެންބަރަކު ތިއްބަވާ އިރު އެބޭފުޅުންގެ ތެރޭގައި، އެ 10 މެންބަރުންގެ އިތުރުން ޕީޖީ ލީޑަރުގެ ހައިސިއްޔަތުން، ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު އިންނަވަ އެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕުން ކައުންސިލަށް އަލުން މެންބަރުން އިންތިހާބު ކުރީ، މީގެ ކުރިން ކައުންސިލްގެ ތިއްބެވި ޕީޕީއެމްގެ މަޖިލީހުގެ ބައެއް މެންބަރުންގެ ތެރެއިން ބައެއް ފަރާތްތައް މަޖިލީހަށް އިންތިހާބުވެފައި ނުވާތީ އެވެ.