އިންޑިއާ

އިންޑިއާއާއި ރާއްޖޭގެ ގުޅުން މާ ބޮޑަށް ވެސް ބަދަހި: އަންޑޭ

ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމަށް ވުރެ، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން މާބޮޑަށް ވެސް ބަދަހި ކަމަަށް އިންޑިޔާގައި ހުންނަވާ ދިވެހި ސަފީރު އަހުމަދު މުހައްމަދު (އަންޑޭ) ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ "ސްޓޭޓްސްމަން" އަށް ދެއްވި އިންޓަވިއުއެއްގައި އަންޑޭ ވިދާޅުވީ ރާއްޖޭގެ މައްސަލަތައް ހައްލުކުރުމަށް އެހީތެރިވާން ބޭނުންވާނަމަ ކަންކަން ވަކި ގޮތަކަށް ކުރުމަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށާއި އޭގެ ބަދަލުގައި ރާއްޖޭގެ މުއައްސަސާތައް ހަރުދަނާ ކުރުމުގައި އެހީތެރިވެ ދިނުން މާ މުހިންމު ކަމަށެވެ.

ރާއްޖެއިން އަބަދުވެސް އިންޑިއާ ސިޔާސަތުތަކަށް އިސްކަން ދޭ ކަމަށް އިޝާރާތް ކުރައްވާ އަންޑޭ ވިދާޅުވީ ޗައިނާއިން ވެސް ރާއްޖޭގައި ގިނަ އިންވެސްޓްމެންޓްތަކެއް ކޮށްފައިވާ ކަމަށާއި ރާއްޖެ އާއި ޗައިނާގެ ގުޅުން ވެސް ރަނގަޅު ކަމަށެވެ.

އަދި ވިދާޅުވީ އިންޑިއާ ކަނޑުގެ މަސްލަހަތާ ގުޅޭ ކަންކަމުގައި ރާއްޖެއިން އަބަދުވެސް ގެންގުޅެނީ އިންޑިއާ ސިޔާސަތު ކަމަށާއި ހުރިހާ ގައުމުތަކާއެކު ވެސް ރާއްޖެއިން ގުޅުން ބަދަހިކުރަން ބޭނުންވާ ކަމަށެވެ. އިންޑިއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރަން އަބަދުވެސް ފުރުސަތު ބޮޑު ކަމަށެވެ.