ވިޔަފާރި

ގެސްޓްހައުސް ކޮންފަރެންސް ޕެރަޑައިސްގައި

ދިރާގު- ގެސްޓްހައުސް ކޮންފަރެންސް ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބާއްވަން ނިންމައިފި އެވެ.

ގެސްޓްހައުސް ކޮންފަރެންސް އިންތިޒާމުކުރާ މޯލްޑިވްސް ގެޓަވޭސްއިން ބުނީ ދިރާގު މެއިން ސްޕޮންސާއެއްގައި ގޮތުގައި ބައިވެރިވެފައިވާ ގެސްޓްހައުސް ކޮންފަރެންސް ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވުމުގެ މައިގަނޑު މަގުސަދަކީ މިފެއާ އިތުރަށް ފުރިހަމަ ކުރުން ކަމަށެވެ.

މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ގެސްޓްހައުސް ކޮންފަރެންސުގައި 200 ގެސްޓްހައުސް ބައިވެރިވާއިރު ގާތްގަނޑަކަށް 50 ޓްރެވަލް އެޖެންޓުން ބައިވެރިވާނެ އެވެ.

މި އަހަރުގެ ގެސްޓްހައުސް ކޮންފަރެންސަށް ދާ ގެސްޓްހައުސްތަށް ދުނިޔޭގެ އެންމެ ބޮޑު 10 ޓޫރިޒަމް ފެއާގައި ހިލޭ އިޝްތިހާރު ކުރަން ފުރުސަތު ދޭން ވަނީ ނިންމާފަ އެވެ. ރާއްޖޭގެ ގެސްޓްހައުސްތައް ޕްރޮމޯޓް ކުރުމަށް ބައިވެރިވާ ފެއާތަކުގެ ތެރޭގައި އައިޓީބީ އާއި ޑަބްލިއުޓީއެމް އަދި އިންޑިޔާގެ އޯޓީއެމް އާއި އެރެބިއަން ޓްރެވަލް މާޓު ފަދަ ފެއާތައް ހިމެނެ އެވެ.

މި ފެއާތަކުގައި ދުނިޔޭގެ އެކި ހިސާބުތަކުން މެގަޒިން 5،000 އަށް ވުރެ ގިނަ އެޖެންޓުންނަށް މައުލޫމާތު ލިބިގެންދާނެ އެވެ.- މި ކޮންފަރެންސުގެ މީޑިޔާ ޕާޓްނަރަކީ އަވަސް އޮންލައިންއެވެ.