ވިޔަފާރި

އާ ޓާމިނަލްގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ

  • މަސައްކަތް ކުރާނީ ސައޫދީ ބިންލާދިން ގްރޫޕުން
  • މަސައްކަތް އަންނަ އަހަރު ނިންމަން ކަނޑައަޅާފައިވޭ
  • ޓާމިނަލްގެ އަގު 300 މިލިއަން ޑޮލަރު، ފުރިހަމަ ވާނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ އިންޓަނޭޝަނަލް ޕަސެންޖަރު ޓާމިނަލްގެ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވި ގޮތުގައި އާ ޕެސެންޓަރު ޓާމިނަލް ޕައިލް ކުރުމުގެ މަސައްކަތް އަންނަ މަހު ފަށާނެ އެވެ.

ވީއައިއޭގެ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަނީ ސައޫދީ ބިންލާދިން ގްރޫޕުން 300 މިލިއަން ޑޮލަރަށެވެ.

ވީއައިއޭގެ އާ ޕެސެންޖަރު ޓާމިނަލް ތަރައްގީ ކުރަނީ ގާތްގަނޑަކަށް 80،000 އަކަ މީޓަރު ބޮޑު އޭރިއާއެއްގަ އެވެ. އެއާޕޯޓް ތަރައްގީ ކުރަނީ ފަސް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށެވެ.

އާ އިންޓަނޭޝަނަލް ޓާމިނަލް

ޓާމިނަލްގައި 40 ޑީޕާޗާ ގޭޓް
38 އިމިގްރޭޝަން ކައުންޓަރު
ޒަމާނީ ފެންވަރަށް ހަދައި ހިޔާކޮށްފައިވާ 12 ޖެޓީ
ހަ އެއިރޯ ބްރިޖް، ހަތަރު ބްރިޖަށް ބޮޑު ކުރެވޭނެ
ޒަމާނީ ބެގޭޖް ސްކްރީނިން އަދި ބެގެޖް ސާވިސް ބެލްޓްތައް
ހައި އޮކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމް
ފިއުލް ހައިޑްރެންޓް ސިސްޓަމް

ސަރުކާރުން ވީއައިއޭ ތަރައްގީ ކުރަމުން ގެންދަނީ މިހާރު އަހަރަކު 4.5 މިލިއަން މީހުންނަށް ހިދުމަތްދެވޭ އެއާޕޯޓު 7.5 މިލިއަން މީހުންނަށް ހިދުމަތް ދެވޭވަރުގެ ތަނަކަށް ހެދުމަށެވެ.

ވީއައިއޭގައި އަޅާ އާ ރަންވޭގެ މަސައްކަތް ކުރަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެންނެވެ. އާ ރަންވޭ އަށް 400 މިލިއަން ޑޮލަރު ހޭދަވާނެ އެވެ. އަދި މީގެތެރެއިން 373 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވަނީ ޗައިނާގެ ލޯނު އެހީގެ ދަށުންނެވެ. މި މަސައްކަތް ކުރަނީ ގަލްފް ކޮބްލާ ކުންފުނިންނެވެ. އާ ރަންވޭވެސް މިހާރު ވަނީ ތާރު އެޅުމުގެ މަސައްކަތް ފަށާނެ އެވެ.

އެމްއޭސީއެލް އިން ބުނެފައިވާ ގޮތުގައި އެއާޕޯޓުގެ އާ ޕެސެންޖަރު ޓާމިނަލްގެ މައިގަނޑު މަސައްކަތްތައް އަންނަ އަހަރު ނިންމާލެވޭނެ އެވެ.