ހަބަރު

މުރުސީ 20 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

Apr 21, 2015

މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީ 20 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ. 

މުރްސީގެ އިތުރުން މި މައްސަލާގައި އިތުރު 12 މީހަކާއި އެހެން ދެމީހަކު 10 އަހަރަށް ޖަލަށްލާން ވެސް ހުކުމްކުރި އެވެ. 

މުރްސީ ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ 30 އަހަރުގެ ހުދުމުހުތާރު ވެރިކަން ނިމުމަކަށް ގެނައި 2011 ވަނަ އަހަރުގެ އިންގިލާބަށް ފަހު ބޭއްވި ފުރަތަމަ އިންތިހާބު ގައެވެ. ނަމަވެސް މުރްސީ ވެސް ހުދުމުހުތާރު ކަމަށް ތުހުމަތުކޮށް، އާއްމުން ފެށި މުޒާހަރާތަކުގެ ސަބަބުން 2013 ވަނަ އަހަރުގެ ޖުލައި މަހު އަސްކަރިއްޔާއިން އޭނާ މަގާމުން ދުރުކޮށް، ބްރަދަހުޑް އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ބުނެ، އެ ޖަމާއަތުގެ ހުރިހާ ހަރަކާތްތަކަކީ ޣައިރު ގާނޫނީ އަމަލުތަކެއް ކަމަށް ކަނޑައެޅިއެވެ.