ވިޔަފާރި

ނުއުފުލޭ މުދަލުން 20،000ރ. އާމްދަނީ ލިބޭ ނަމަ ރަޖިސްޓްރީ ކުރަން ޖެހޭ: މީރާ

Apr 22, 2015

ކުއްޔަށް ދީގެން އަހަރެއްގެ މައްޗަށް 20،000ރ. އަށްވުރެ ގިނައިން އާމްދަނީ ލިބޭ ނުއުފުލޭ މުދާ މީރާގައި ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް މީރާ އިން ބުނެފި އެވެ.

މީރާ އިން ބުނި ގޮތުގައި ނުއުފުލޭ މުދާ ރަޖިސްޓްރީކުރަން ޖެހޭނީ އެ ތަނެއް ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއް ކަމަށެވެ. އަދި ގޭގެ ވެރިފަރާތް ނިޔާވެއްޖެނަމަ ރަޖިސްޓްރީ ކުރަން ޒިންމާވާން ޖެހޭނީ ކުލީގެ ގޮތުގައި އާމްދަނީ ލިބޭ ފަރާތުން ކަމަށެވެ.