ވިޔަފާރި

ގެސްޓްހައުސް ކޮންފަރެންސްގައި މުހިންމު ނަންތަކެއް!

އަންނަ ހޮނިހިރު ދުވަހު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި އޮންނަ، ދިރާގު- މޯލްޑިވްސް ގެސްޓްހައުސް ކޮންފަރެންސްގެ ސްޕީކާސްގެ ގޮތުގައި މުހިންމު ފަރާތް ތަކެއް ބައިވެރިވާނެ އެވެ.

"މޯލްޑިވްސް ގެސްޓްހައުސް ކޮންފަރެންސް 2017" އިންތިޒާމުކުރާ މޯލްޑިވްސް ގެޓަވޭސް އިން ބުނީ މި އަހަރުގެ ގެސްޓްހައުސް ކޮންފަރެންސުގައި ސްޕީކާސްގެ ގޮތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ބުކިން ޑޮޓްކޮމް އާއި ޕާލޭ މޯލްޑިވްސް އަދި އޮންލައިން ބުކިން ސައިޓް އެކްސްޕީޑިއާގެ އިތުރުން އޯކޯ ހޮޓެލްސް އަދި ޔޫއެންޑީޕީގެ ފަރާތްތައް ހިމެނެ އެވެ.

މި ކޮންފަރެންސުގައި 200 ގެސްޓްހައުސް ބައިވެރިވާއިރު ގާތްގަނޑަކަށް 50 ޓްރެވަލް އެޖެންޓުން ބައިވެރިވާނެ އެވެ.

މި އަހަރުގެ ގެސްޓްހައުސް ކޮންފަރެންސަށް ދާ ގެސްޓްހައުސްތަށް ދުނިޔޭގެ އެންމެ ބޮޑު 10 ޓޫރިޒަމް ފެއާގައި ހިލޭ އިޝްތިހާރު ކުރަން ފުރުސަތު ދޭން ވަނީ ނިންމާފަ އެވެ. ރާއްޖޭގެ ގެސްޓްހައުސްތައް ޕްރޮމޯޓް ކުރުމަށް ބައިވެރިވާ ފެއާތަކުގެ ތެރޭގައި އައިޓީބީ އާއި ޑަބްލިއުޓީއެމް އަދި އިންޑިޔާގެ އޯޓީއެމް އާއި އެރެބިއަން ޓްރެވަލް މާޓު ފަދަ ފެއާތައް ހިމެނެ އެވެ.

މި ފެއާތަކުގައި ދުނިޔޭގެ އެކި ހިސާބުތަކުން މެގަޒިން 5،000 އަށް ވުރެ ގިނަ އެޖެންޓުންނަށް މައުލޫމާތު ލިބިގެންދާނެ އެވެ. މި ކޮންފަރެންސުގެ މީޑިޔާ ޕާޓްނަރަކީ އަވަސް އޮންލައިންއެވެ.