ވިޔަފާރި

170 ސްޓޯލާއެކު ހޮޓެލް އޭޝިޔާ ހުޅުވައިފި

ހޮޓެލް އޭޝިޔާ، އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު 2017، ސަތޭކަ ހަތްދިހަ ފަސް ސްޓޯލާއެކު މިއަދު ހުޅުވައިިފި އެވެ.

ދަރުބާރުގޭގައި ކުރިއަށްދާ 13 ވަނަ ހޮޓެލް އޭޝިޔާ ފެއާ ހުޅުވައި ދެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ.

ފެއާ ހުޅުއްވައި ދެއްވަމުން މިނިސްޓަރު މުނައްވަރު ވިދާޅުވީ ސަރުކާރުން އަބަދުވެސް އަމިއްލަ ފަރާތްތަކުން ކުރާ ކަންކަމުގައި އެހީތެރިވެދެމުންދާ ކަމަށެވެ.

ރާއްޖޭގެ ވިޔަފާރީގައި ބާއްވާ އެންމެ ބޮޑު ފެއާ ކުރިއަށް ދާނީ ބުދަ ދުވަހުގެ ނިޔަލަށެވެ. މި ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 2000 އަށްވުރެ ގިނަ އުފެއްދުން ދައްކާލަން ބަހައްޓާފައިވެ އެވެ.

ސްރީލަންކާގެ އެކްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (އެލްއީއެކްސް) އާއި އިންޑިޔާގެ އެގްޒިބިޝަން ސާވިސަސް (އައިއީސީއެކްސް) ގުޅިގެން ބާއްވާ، ހޮޓެލް އޭޝިޔާ ފެއާގެ މެއިން ސްޕޮންސާއަކީ ބެސްޓް ބައި މޯލްޑިވްސް (ބީބީއެފްއެމް) އެވެ.

މީގެ އިތުރުން މި ފެއާގެ ތެރޭގައި 600 އަށްވުރެ ގިނަ ކައްކާއިން ބައިވެރިވެގެން ވަނީ ކަލިނަރީ ޗެލެންޖެއް ވެސް ކުރިއަށް ގެންދަމުންނެވެ. މި ކަލިނަރީ ޗެލެންޖުގައި ދިވެހި 80 އަށްވުރެ ކައްކާ އިން ބައިވެރިވެފައިވެ އެވެ.