ވިޔަފާރި

ކުދި ވިޔަފާރިތަކަށް ލޯނު ދޫކުރަން ހުޅުވާލައިިފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ދޫކުރާ "އެސްއެމްއީ" ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ލޯނަކީ ގިނަ ވިޔަފާރިތަކުގެ ތަރުހީބު ބޮޑު ލޯނެކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަހުގެ 27 ގެ ނިޔަލަށް އެސްއެމްއީ ލޯނުގެ އެޕްލިކޭޝަން ބަލައި ގަންނަމުންދާނެ ކަމަށެވެ. އެގޮތުން ލޯނަށް އެދޭ ފޯމް އެ މިނިސްޓްރީގެ ވެބްސައިޓުންނާއި ރާއްޖޭގެ ހަތް ސަރަހައްދުގައި ގާއިމްކޮށްފައިވާ ވިޔަފާރީގެ މަރުކަޒު "ބިޒްނަސް ސެންޓަރު" ތަކުން ލިބޭނެ ކަމަށެވެ.

"ސަރުކާރުގެ އަމާޒަކީ މި ދާއިރާ ތަރައްގީކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކެއް އުފެއްދުން،" އާދަމް ވިދާޅުވި އެވެ.

ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ) ނުވަތަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބަޖެޓުން ދޫކުރާ 50 މިލިއަން ރުފިޔާގެ ލޯނު ސްކީމުގައި ރަހުނު ބަހައްޓާކަށް ނުޖެހެ އެވެ. މި ސްކީމް އަމާޒުކޮށްފައި ވަނީ ދިވެހި އުފެއްދުންތެރިކަން އިތުރުކޮށް އެ ފަދަ ވިޔަފާރިތައް އިތުރަށް ތަރައްގީ ކުރުމަށެވެ.މި ލޯނު ދޫކުރަނީ ހަތް ޕަސެންޓުގެ އިންޓަރެސްޓުގަ އެވެ. އަދި ލޯނު ދެއްކުމަށް ނުވަ އަހަރު ލިބޭއިރު ، ގްރޭސް ޕީރިއަޑްްގެ ގޮތުގައި އެއް އަހަރު ލިބޭނެ އެވެ. މި މުއްދަތުގައި ހަމައެކަނި ދައްކަން ޖެހޭނީ ލޯނުގެ އިންޓަރެސްޓަށް އަރާ ބައި އެކަންޏެވެ. މި ލޯނު ވަކި ފަރުދަކު ކުރާ ވިޔަފާރިއަކަށް އެންމެ ގިނައިން ލޯނު ދޫކުރެވޭނީ ފަސްލައްކަ ރުފިޔާއާ ހަމައަށެވެ. އަދި ކުންފުނިތަކާއި ކޯޕަރޭޓް ސޮސައިޓީއެއް ހިއްސާވެގެން ވިޔަފާރިއެއްނަމަ އެ ފުޅާކުރުމަށް 1.5 މިލިއަން ރުފިޔާ ދޫކުރާނެ އެވެ.

އެސްއެމްއީ ލޯނުގެ މައުލޫމާތު އަދި އެޕްލިކޭޝަން ފޯމު--

މި ލޯނުގެ ފަންޑު މެނޭޖުކޮށް ބަހަލައްޓާނީ ގައުމީ ބޭންކް ބޭންކް އޮފް މޯލްޑިވްސް އިންނެވެ.