ވިޔަފާރި

ޕްރިންޓާއި އެޑްވަޓައިޒިން ޝޯ މާދަމާ ފަށަނީ

ރާއްޖޭގައި ބާއްވާ ފުރަތަމަ ޕްރިންޓް އެންޑް އެޑްވަޓައިޒިން ސާވިސް ޝޯ މާދަމާ، ނޭޝަނަލް އާޓް ގެލަރީގައި ފަށާނެ އެވެ.

ހައިރައިޒްއިން އިންތިޒާމުކޮށްގެން ރާއްޖޭގައި ބާއްވާ ފުރަތަމަ "ޕްރިންޓް އެންޑް އެޑްވަޓައިޒިން ޝޯ" ގައި މި ފެއާގައި ރާއްޖޭގައި ޕްރިންޓިންގެ ދާއިރާގެ ބޮޑެތި ހުރިހާ ކުންފުނިތަކާއި އިވެންޓް މެނޭޖު ކުރުމާއި އިސްތިހާރު ހެދުން ފަދަ މަސައްކަތް ކުރާ ކުންފުނިތަކުން ބައިވެރިވާނެ އެވެ. މާދަމާއިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ ފެއާގެ މެއިން ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ އެމް7 އާއި ޕްރިންޓް ލެބް އަދި ނޮވެލްޓީ އެވެ. މީގެ އިތުރުން ކޯ ސްޕޮންސަރުންގެ ގޮތުގައި ހިމާތަނަށް ބައިވެރިވެފައިވަނީ ޓޮޕް ޕްރިންޓާސް އެވެ.

ބައިވެރިވާ ފަރާތްތައް

* ޕްރިންޓު ކުރާ ކުންފުނިތައް
* މާޗެންޑައިޒިން ހިދުމަތްދޭ ފަރާތްތައް
* ސުވެނިޔަ އުފައްދާ ކުންފުނިތައް
* އެޑް އެޖެންސީތައް
* އިވެންޓް ބާއްވާ ކުންފުނިތައް
* ފޮޓޯ ގްރަފަރުން
* މާކެޓިން އަދި ޕީއާރު ކުންފުނިތައް
* ފްރީލާންސް ޑިޒައިނަރުން
* މީޑިޔާ

ފެއާ ހުޅުވިފައި ހުންނާނެ ގަޑިތައް

* ސެޕްޓެމްބަރު 21: މެންދުރު ފަސް 14:00-18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:00
* ސެޕްޓެމްބަރު 22: ހަވީރު 16:00-18:00 އަށް، އަދި 20:00-2200
* ސެޕްޓެމްބަރު 23: ހެނދުނު 10:00-18:00 އަށް

ފޯކަސް ކުރަނީ ވިޔަފާރިތަކާއި ޓޫރިޒަމް އިންޑަސްޓްރީ އަދި އެފްއެންބީ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ އެކި ދާއިރާތަކާއި ތަފާތު އުފެއްދުންތެރި މަސައްކަތްތައް ކުރާ މީހުންނަށެވެ.