ހަބަރު

ޕީޕީއެމް ދިއްގަރު ދާއިރާގެ ޕްރައިމަރީން އިމްރާން ނަން ނަގައިފި

Apr 22, 2015

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރަން ނަން ހުށަހަޅާފައިވާ ކެންޑިޑޭޓް ނަމްބަރު 3، މ. ދިއްގަރު، އެވަލާސްޓް އިމްރާން އިސްމާއިލް ޕްރައިމަރީން ވަކިވެ  ނަން އަނބުރާ ގެންގޮސްފި އެވެ.

ޕީޕީއެމުން ބުނީ އިމްރާން އޭނާގެ ނަން އަނބުރާ ގެންދިއުމުން އަންަން ހުކުރު ދުވަހު ބާއްވާ އެ ޕާޓީގެ ދިއްގަރު ދާއިރާގެ ޕްރައިމަރީގައި ވާދަ ކުރާނީ ކެންޑިޑޭޓް ނަމްބަރު 1 މ. ދިއްގަރު، ހިޔާ މޫސާ ނަސީރާއި، ކެންޑިޑޭޓް ނަމްބަރު 2، މއ. ކިނބިގަސްދޮށުގޭ ފާރިޝް މައުމުނާއި ކެންޑިޑޭޓް ނަމްބަރު 4 މ. ފުސްތުޅާގޭ ، މުހައްމަދު ހާނިމެވެ.