ހަބަރު

ހުޅުދެލީ ކައިރީ ފަޅެއްގެ ތެރެއިން މަރުވެފައިވާ މީހަކު ފެނިއްޖެ

Sep 20, 2017

ދ. ހުޅުދެލީ ކައިރީ ފަޅެއްގެ ތެރެއިން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުން އެކަން ބަލައި ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުުނު 10:30 އެހާކަންހާއިރު އެ މައުލޫމާތު ލިބުމުން އެ ހަށިގަނޑުގެ ސާމްޕަލްތައް ނަގައި ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

ފެނުނު އިރު އެ މީހާގެ ބޮލާއި، ދެއަތް އަދި ދެ ފައި ނެތް ކަމަށްވެ އެވެ. އެ މީހާއާބެހޭ އިތުރު މައުލޫމާތެއް އަދި ސާފެއް ނުވެއެވެ.