ހަބަރު

ކުނި ނަގަން ދިޔަ ވެމްކޯގެ މުވައްޒަފަކަށް އަނިޔާކޮށްފި

Sep 21, 2017
3

މާލޭގެ ގެއަކަށް ކުނި ބަލައި ދިޔަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މުވައްޒަފަކަށް އަނިޔާކޮށް މާރާމާރި ހިންގި މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ކުނި ބަލައި ދިޔަ ވެމްކޯގެ މުވައްޒަފަކަށް އަނިޔާކޮށް މާރާމާރީ ހިންގި މައްސަލައެއް ރޭ ދަންވަރު 12:30 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ. މާރާމާރީ ހިންގާފައިވަނީ ވެމްކޯގެ ފިރިހެން މުވައްޒަފަކަށެވެ. އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީ މީހެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

އެމީހާއަށް ލިބުނު އަނިޔާތަކާއި އެމައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުގައި މާރާމާރީ ހިންގުމުގެ ސަބަބުން އެ މީހާގެ އަތް ބިންދައިގެން ދިއުމުގެ އިތުރުން ބޮލާއި ހަށިގަނޑުގެ ބައެއް ތަންތަން ވަނީ ދުޅަވެފަ އެވެ.