ވިޔަފާރި

ރާއްޖޭގައި ގެސްޓްހައުސްގެ ކުރިއެރުން އާދަޔާ ހިލާފު: ބުކިންޑޮޓްކޮމް

ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރީގެ ކުރިއެރުން ފެންނަނީ އާދަޔާ ހިލާފު ގޮތެއްގައި ކަމަށް މަޝްހޫރު ބުކިންޑޮޓްކޮމް އިން ބުނެފި އެވެ. އެ ފަރާތުން ވަނީ ރާއްޛޭގެ ގެސްޓްހައުސް ޓޫރިޒަމްގެ ވިޔަފާރިއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.

ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި އިއްޔެ ބޭއްވި ގެސްޓްހައުސް ކޮންފަރެންސުގައި ބުކިންޑޮޓްކޮމްގެ އޮފިޝަލު ވިދާޅުވީ ރާއްޖޭގެ 340 އަށްވުރެ ގިނަ ގެސްޓްހައުސް އެ ސައިޓުގައި ލިސްޓުކޮށްފައިވާއިރު، ބަޖެޓް ޓޫރިސްޓުން ޝައުގުވެރިކަން ރާއްޖެއަށް އިތުރު ވަމުންދާ ކަމަށެވެ.

"މިދިޔަ އަހަރާ އަޅާބަލާއިރު ރާއްޖޭގެ ރޫމް ނައިޓްސްވަނީ 22 ޕަސެންޓް އިތުރުވެފައި. މީގެ އެބަ އެނގޭ ތަރުހީބު އިތުރުވާ މިންވަރު،" އޮފިޝަލް ވިދާޅުވި އެވެ.

ބުކިންޑޮޓްކޮމްގެ ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ގެސްޓްހައުސް މާކެޓަށް އެންމެ ގިނަ އިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ކުރީގައި އޮތީ ރަޝިޔާ އެވެ. އެ ގައުމުން މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ވަނީ 12 ޕަސެންޓް އިތުރުވެފަ އެވެ.

ގެސްޓްހައުސްތަކުން ސަމާލުވޭ!

ދުނިޔޭގެ 1.4 މިލިއަން ކޮޓަރި ވިއްކަމުން ގެންދާ ވެބްސައިޓުގެ އޮފިޝަލް ވިދާޅުވީ ރާއްޖޭގެ ގެސްޓްހައުސްތައް އިޝްތިހާރު ކުރަން އެ ވެބްސައިޓުގައި ލިސްޓުކުރާއިރު ބައެއް މުހިންމު ކަންތައްތަކާމެދު ވިސްނަން ޖެހޭ ކަމަށެވެ.

"އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭ އެއްކަމެއް ލިސްޓުކުރާ ތަނުގެ ވީހާވެސް ގިނަ ރީތި ފޮޓޯތަކެއް ލާން. މީގައި ހައި ރިޒޮލޫޝަން ހުރި ފޮޓޯތައް ލުން ވަރަށް މުހިންމު. އަޅުގަނޑުމެންނަށް ލިބޭ ބުކިންގެ 90 ޕަސެންޓް އަންނަނީ ފޮޓޯއަށް ބަލާފަ،" ދެން ބަލަނީ ރިވިއުއަށް،" އޮފިޝަލް ވިދާޅުވި އެވެ.

މީގެ އިތުރުން ގެސްޓްހައުސްތަކުން ދޭ ހާއްސަ އަގުތައް ކުރިން ދިނުން މުހިންމުކަން ވެސް މުހިންމު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"މިދިޔަ އަހަރު އެބަ ބުކިން ހައްދާ 1.5 މަސް ކުރިން. ނަމަވެސް މި އަހަރު މި އަދަދު ވަނީ 2.5 މަހަށް ބަދަލުވެފަ. އެހެންވެ ޖެހޭ ހުށަޅާ އަގު ތަންކޮޅެއް ކުރިން އިއުލާނު ކުރުމަކީ މުހިންމު ކަމެއް،" އޮފިޝަލް ވިދާޅުވި އެވެ.

ބުކިންޑޮޓްކޮމްއަކީ 1996 ވަނަ އަހަރު އުފެދިފައިވާ އީ-ކޮމާސް ކުންފުންޏެވެ. އެ ކުންފުނީގައި 15،000 ގިނަ މުވައްޒަފުން ހަރަކާތްތެރިވާއިރު 70 ގައުމެއްގައި 200 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.