ވިޔަފާރި

އުރީދޫ ޑޭޓާ ޕްލޭންތައް ފަރުމާ ކުރުން ކަސްޓަމަރުންނަށް

އުރީދޫ ޑޭޓާ ޕްލޭންތައް ފަރުމާ ކުރުން އެ ކުންފުނިން ކަސްޓަމަރުންނަށް ދޫކޮށްލައި "މަގޭ ޕްލޭން" ތައާރަފުކޮށްފި އެވެ.

އުރީދޫ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ކުންފުނީގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީތެރިކަން ރައްޔިތުންނަށް އިތުރު ފަސޭހަތަކާއި ފުރުސަތުތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މަގޭ ޕްލޭން ތައާރަފު ކުރުމަކީ އަޅުގަނޑުމެންގެ މަސައްކަތުގައި، ހާސިލް ކުރެވުނު މުހިންމު ލަނޑުދަނޑިއެއް. ސަބަބަކީ މުއާސަލާތީ ހިދުމަތަށް ހޯދުމުގައި، ކުރިން ނުލިބޭ ފަދަ ފަސޭހަތަކެއް. މަގޭ ޕްލޭންގެ އެހީގައި ދިވެހި ރައްޔިތުންނަށް ފޯރުކޮށް ދެއްވުން،" ނަޖީބު ވިދާޅުވި އެވެ.

"މަގޭ ޕްލޭން" އާ ބެހޭ ގޮތުން މައުލޫމާތު ދެމުން، އުރީދޫގެ ޑިޖިޓަލް މީޑިޔާ އެގްޒެކެޓިވް ނާފިޒު އަބްދުﷲ ވިދާޅުވީ މި ހިދުމަތަކީ ކަސްޓަމަރުން ބޭނުންވާ ގޮތަށް އެމީހެއްގެ ޕްލޭން ފަރުމާ ކުރަން ލިބޭ ފުރުސަތެއް ކަމަށެވެ.

"މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުން ބޭނުންވާ ގޮތައް ޕްލޭން ފަރުމާ ކުރުމުގެ ފުރުސަތު މި ލިބުނީ. މި ހިދުމަތް މެދުވެރިކޮށް، ޑޭޓާ އާއި ކޯލް އަދި އެސްއެމްއެސްގެ އިތުރުން އައިޑީޑީގެ ހިދުމަތްތައް ވެސް ބޭނުން ގޮތަކަށް ފަރުމާ ކުރެވޭނެ،" ނާފިޒު ވިދާޅުވި އެވެ.

އުރީދޫގެ މި ހިދުމަތް ލިބޭނީ "މައި އުރީދޫ" އަށް ލޮގިން ކޮށްގެންނެވެ. މި ހިދުމަތް މެދުވެރިކޮށް ކަސްޓަމަރު ބޭނުންވާ ގޮތަށް 100 އެމްބީ އިން ފެށިގެން 1،000 ޖީބީއާ ހަމައަށް އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މި ހިދުމަތް މެދުވެރިކޮށް އުރީދޫ ކަސްޓަމަރުންނަށް ވަކި މިންވަރެއް އަދި އެހެން އޮޕަރޭޓަރުންގެ ނަމްބަރު ތަކަށް ގުޅާލުމަށް 20،000 މިނެޓާ ހަމަ އަށް އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި 25،000 އެސްއެމްއެސް ކުރުމުގެ ފުރުސަތު ލިބެ އެވެ. މީގެ އިތުރުން ބޭނުންވާ މުއްދަތެއް އިހުތިޔާރު ކުރެވެ އެވެ. މީގެ އިތުރުން ރާއްޖޭން ބޭރަށް ގުޅުމަށް 19ރ. ގެ ރޭޓެއް ވެސް ލިބެ އެވެ.