ހަބަރު

މަކަރާއި ހީލަތް ހެދި މައްސަލައެއްގައި ދެ މީހަކު ހޯދަން ފަށައިފި

Apr 23, 2015

މަކަރާއި ހީލަތް ހެދުމާއި ފޯޖް ކުރުމުގެ މައްސަލައެއްގެ ތުހުމަތަށް ދެ މީހަކު ހޯދަން ފަށައިފި އެވެ.

ފޮޓޯ އާންމުކޮށް ފުލުހުން ހޯދަމުން ދަނީ ލ. ގަން، ތުނޑި، ހުދުވިލާގެ، އަޙްމަދު އަލީ 21، އާއި ގދ. ވާދޫ، ލިލީގެ، މުޙައްމަދު ޞަބާހު 36، އެވެ.

މަކަރާއި ހީލަތް ހެދުމާއި ފޯޖް ކުރުމުގެ މި މައްސަލަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުން އަންނަ އިރު އެ ދެ މީހުންނާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާ ހިއްސާ ކުރަން ވަނީ އެދިފައެވެ.