ހަބަރު

ބަނގުރާ ހޯދަން އިތުރު ފަސް ކުއްތާ ގެންނަން ނިންމައިފި

Apr 23, 2015

ބަނގުރާ ހޯދަން ޚާއްސަކޮށްގެން އިތުރު ފަސް ކުއްތާ ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.

ސީޕީ ހުސައިން ވަހީދުގެ ރަސްމީ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައިވަނީ ބަނގުރާ ހޯދައިގަތުމުގެ ގާބިލްކަން ލިބިފައިވާ އިތުރު ފަސް ކުއްތާ ރާއްޖެ ގެންނަން މިހާރު ނިންމާފައިވާ ކަމަށެވެ.

މިހާރު ރާއްޖޭގައި ބޭނުންކުރަމުންދާ 16 ކުއްތާއަކީ މަސްތުވާތަކެއްޗާއި ވަގު ފައިސާ ދެނެގަތުމުގެ ގާބިލްކަން ލިބިފައިވާ ކުއްތާތަކެކެވެ. އެ ކުއްތާތައް ތަމްރީނުކޮށްފައި ވެސް އެކަމަށެވެ. ކޮންމެ ކުއްތާއަކީ ވެސް ވަކި ޚާއްސަ ތަމްރީނުތަކެއް ދީގެން އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެއްޗެކެވެ.