ތިމާވެށި

12 ވެލާ ގެންގުޅުނު މީހަކަށް 149،000 ރުފިޔާގެ ޖޫރިމަނާއެއް

ރ. މާކުރަތުގައި 12 ކުދި ވެލާ ހިފައި އެ ގެންގުޅުން މީހަކު 149،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެެވެ.

އެންވާރަމަންޓް ޕްރޮޓެކްޝަން އެޖަންސީ (އީޕީއޭ) އިން މިއަދު ބުނީ މާކުރަތު، ހަކި، މުހައްމަދު މުސްތަފާ ޖޫރިމަނާ ކުރީ މިދިޔަ އޮގަސްޓު މަހު މާކުރަތު 12 ކުދި ވެލާ ހިފައި އެ ގެންގުޅުން މައްސަލައެއް ފުލުހުން ބަލާ ތަހުގީގުކޮށް ނިންމުމުން ކަމަށެވެ. އަދި ބުނީ އޭނާ އެކަން ކުރިކަން އޭނާގެ އިއުތިރާފާއި ފުލުހުންގެ ބަޔާނުން އެނގޭ ކަމަށާއި އެކަމަކީ ތިމާވެށި ރައްކަތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން މަނާ ކަމެއް ކަމަށެވެ.

ތިމާވެށީގެ ގާނޫނުގެ ދަށުން ދިރޭތަކެތީގެެ ނަސްލު ރައްކާތެރި ކުރުމުގެ ގޮތުން ވެލައާ ކަހަނބުގެ ހުރިހާ ބާވަތެއް ހިމާޔަތް ކުރެވިފައިވާ ކަމަށް މިދިޔަ އަހަރު އޭޕްރިލް މަހު ހަތަރެއްގައި ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް އެ ގާނޫނާ ހިލާފުވެގެން މައްސަލަތައް ބަލާ އީޕީއޭއިން ހަރުކަށި ފިޔަވަޅު އަޅަމުން ގެންދެ އެވެ.