ހަބަރު

ޝަފީފުގޭ ޝަފީގުގެ އަވަހާރަވެއްޖެ

Apr 24, 2015

ރާއްޖޭގެ ބަހާއި އަދަބަށާއި ތާރީހަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ތާރީހުގެ ހިލްުމުވެރިޔާ ހ. ޝަފީގުގޭ އަހުމަދު ޝަފީގު އަވަހާރަވެއްޖެ އެވެ.

ޝަފީގު އަވަހާރަވީ ރޭ ފަތިހު އެވެ. އަވަހާރަވީ ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު، ރޭ ފަތިހު  އެވެ. 

ޝަފީގަކީ ތާރީހީ ގިނަ ފޮތްތަކެއް ލިޔުއްވައި ތާރީހު ދިރާސާ ކުރެއްވުމުގެ އިތުރުން ޑައިރީ ވެސް ލިޔުއްވި ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ނެރުއްވީ "އަހުމަދު ޝަފީގުގެ ހަޔާތުން ދުވަހެއް" މި ފޮތެވެ. އެ ފޮތުގައި އޭނާ ވަރަށް ގިނަ ކަންތައްތަކެއްގެ ތުހުމަތު ކުރީގެ ރައީސް މައުމޫނާއި އެ މަނިކުފާނުގެ ސަރުކާރަށެވެ.

މައުމޫންގެ އަބުރު ނަގާލިކަން ޝަފީގުގެ މައްޗަށް ސާބިތުވެ އޭގެ ބަދަލެއްގެ ގޮތުން 5،000ރ. ދެއްކުމަށް ޝަފީގުގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން ޖުލައި 31، 2012 ގައި ވަނީ ހުކުމް ކޮށްފަ އެވެ.