ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ޖަލްސާތައް ހޯމައިގައި ފަށަނީ

Oct 2, 2017
5

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފަށަން ނިންމައި މަޖިލީހުގެ މެންބަރުންނަށް އެކަން އަންގައިފި އެވެ.

އަންނަ ހޯމަ ދުވަހު ފަށާނީ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތަކެވެ. އެ ދުވަހު ޖަލްސާތައް ފަށާއިރު އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ޖަލްސާތައް އަލުން ފަށާއިރު މަޖިލީހުގެ ރައީސް އިންނަވާ ރިޔާސަތު އުސް ކުރުމުގެ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވަނީ އެކަން ދޮގު ކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ.

އަލުން މަޖިލީހުގެ ޖަލްސާތައް ފަށާއިރު ބައެއް މެންބަރުންގެ ގޮނޑި ގެއްލި ހަ ދާއިރާއެއްގެ ބައި އިލެކްޝަން ވެސް ވަނީ އިއުލާންކޮށްފަ އެވެ.