ހަބަރު

ކެންދޫގައި ދެ ދޯންޏަކާއި ލޯންޗެއް އަންދާލައިފި

Apr 24, 2015

ބ. ކެންދޫ ފަޅުގައި އޮތް ދެ މަސް ދޯންޏާއި ލޯންޗެއްގައި ހުޅުޖަހައި އަންދާލައިފި އެވެ.

ރޭ ފަތިހު އަންދާލި ދެ ދޯންޏަކީ ދެ ފައިބަރު ދޯންޏެވެ. އޭގެ ތެރެގައި ހިމެނެނީ 75 ފޫޓުގެ ކަންނެލި މަސް ދޯންޏަކާއި އެއަށްވުރެ ކުޑަ 40 ފޫޓުގެ ދޯންޏެކެވެ. އަންދާލި ލޯންޗަކީ ގަލްފްކްރާފްޓް ކުޑަ ސައިޒްގެ ލޯންޗެކެވެ. އެއީ އެ ރަށުގައި ދުއްވާ "ފެހިވިނަ" ލޯންޗެވެ.

އެ އުޅަނދުތައް އަންދާލާފައި ވަނީ ރޭ ފަތިހު 5:00 ޖަހާ އެހާކަންހާއިރު އެވެ.

އުޅަނދު ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ދިޔަ އަލިފާންގަނޑު ނިއްވާލީ ކެންދޫގައި ރައްޔިތުންނެވެ.

އުޅަނދުތައް އަންދާލާފައިވާއިރު އެ ރަށުގެ ތެޔޮ ފިހާރައެއްގެ ތަޅު ހަލާކުކޮށްލައިގެން ޕެޓްރޯލް ވެސް ވަނީ ނަގާފައެވެ.