ހޮލީވުޑް

ދިވެހިންނަށް ޝުކުރިއްޔާ!

Oct 3, 2017
1

އިނގިރޭސި ލަވަ، ދިވެހި ޒުވާނުންގެ ހިތްތަކަށް ވެރިވެގަންފައިވަނީ ވަރަށް ބޮޑަށެވެ. ދިވެހި ލަވަ ކިޔުންތެރިންނަށްވުރެ އިނގިރޭސި ލަވަ ކިޔުންތެރިންނަށް ރާއްޖޭގައި އޮތް މަޝްހޫރުކަމާއި މަގުބޫލުކަން ވަކީން ކުޑައެއް ނޫނެވެ. އެމީހުންނާ ބެހޭ ގިނަ މައުލޫމާތުތައް އެއްކުރެ އެވެ. ޑައުންލޯޑްކޮށްގެން އިނގިރޭސި ލަވަތައް އަޑުއަހަ އެވެ.

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ޑެމީ ލޮވާޓޯގެ "ޓެލް މީ ޔޫ ލަވް މީ" އެންމެ ގިނައިން ޑައުންލޯޑްކުރި ގައުމުގެ ފަހުރު ރާއްޖެއަށް މިހާރުވެސް ވަނީ ލިބިފަ އެވެ. ޑެމީ ލޮވާޓޯ މިއަދު އޭނާގެ އޮފިޝަލް ފޭސްބުކް ޕޭޖެއްގައި ކުރި ޕޯސްޓެއްގައި ވަނީ އެކަން ފާހަގަކޮށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.

"ޓެލް މީ ޔޫ ލަވް މީ" ރިލީޒްކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. މި ލަވަޔަކީ ޕޮޕް ލަވަ އެކެވެ. މި ލަވަޔާއެކު އެ އަލްބަމްގައި "ސޮރީ ނޮޓް ސޮރީ" އާއެކު އިތުރު ލަވައެއް ހިމެނެ އެވެ. އެ ލަވަތަކަކީވެސް ރާއްޖޭގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ލަވަ އެކެވެ.

ޑެމީ ލޮވާޓޯގެ އެހެން ލަވަތަކަކީ ދިވެހިންގެ މެދުގައިވެސް މަގުބޫލުކަމެއް ހޯދާފައިވާ ލަވަތަކެކެވެ. އޭގެތެރޭގައި "ޔޫ ޑޯންޓް ޑޫ އިޓް އެނީ މޯ"، "ޑެޑީ އިޝޫސް"، "ކްރައި ބޭބީ" އަދި "ލޯންލީ" ހިމެނެ އެވެ.