ހަބަރު

ރާޖަޕަކްސަގެ "ހުދު އެތް"ތަކުގެ ކުރިމަގާމެދު ލަންކާ ފިކުރުބޮޑުވެފައި

Apr 25, 2015
1

އާދައިގެ އެތް ނުވަތަ "އެލެފެންޓް" އަކީ ދެކުނު އޭޝިޔާގައި ޒަމާނުއްސުރެ އިގުތިސާދީ މުހިންމު މަސައްކަތްތަކާއި އިޖުތިމާއީ އަދި ދީނީ މުނާސަބްތަކުގައި ބޭނުން ކުރާ ދުނިޔޭގައި ހުރި އެންމެ ބޮޑެތި ޖަނަވާރުން ކުރެ ޖަނަވާރެއް ކަމަށް ވިޔަސް، އެތުގެ އާއިލާގައި ހިމެނޭ "ވައިޓް އެލެފެންޓް" ނުވަތަ "ހުދު އެތަ"ކީ އެ އެއްޗެހި ލައްވާ އެއްވެސް މަސައްކަތެއް ނުކުރުވާ، ލަންކާ އާއި އިންޑިއާ ފަދަ ގައުމުތަކުގައި ރަސްކަލުންނާއި މަހުޖަނުން މުޖުތަމައުގައި އެ މީހުންގެ "ހައިބަތު" ދައްކަން ބޮޑާ ކަމާއެކު ހަމައެކަނި ރީއްޗަކަށް "ބާއްވާފައި" އޮންނަ އެއްޗެކެވެ. އެހެންކަމުން އިނގިރޭސި ބަހުގެ ތެރެއަށް މަޖާޒީ މިސާލެއްގެ ގޮތަށް "ވައިޓް އެލެފެންޓް" ނުވަތަ "ހުދު އެތް" މި އިބާރާތް ޒަމާނުއްސުރެ ބޭނުން ކުރެެވެމުންދަނީ، ދިރިއުޅުމަށް ހަގީގީ ޕްރެކްޓިކަލް ބޭނުމެއް ނުހިފޭ، ބޭކާރު، ޖާގަ ނަގާ، ދެއްކުންތެރި ކަމަށް ބޭނުން ކުރާ ތަކެއްޗަށް ނިސްބަތް ކުރުމަށެވެ.