ވިޔަފާރި

ވެލިގާއިން މެޓާބޯ ޓޫލްސްގެ ހާއްސަ ޕްރޮމޯޝަނެއް!

ވެލިގާ ހާޑްވެއާ އިން ރާއްޖޭގެ ބާޒާރަށް މުޅިން އަލަށް ތައާރަފް ކުރި ޖަރުމަނުގެ މަޝްހޫރު "މެޓާބޯ" ޕަވާ ޓޫލްސް ގަންނަ ފަރާތްތްކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ވެލިގާ އިން ބުނީ މި ޕްރޮމޯޝަންގެ ތެރެއިން މެޓާބޯގެ 1000 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް 100 ރުފިޔާގެ މެޓާބޯ އެހެނިހެން ސާމާނު ލިބޭނެ ކަމަށާއި ކުރާ ކޮންމެ 10000 ރުފިޔާއިން މަތީގެ ވިޔަފާރިއަކަށް 1000 ރުފިޔާގެ މެޓާބޯ އިތުރު ސާމާނު ލިބޭނެ ކަމަށެވެ.

ޕްރޮމޯޝަންގެ ހުރިހާ ބައިވެރިންގެ ތެރެއިން ނަސީބުވެރި ތިން ފަރާތެއް ހޮވާއިރު އެއް ވަނައަށް 15،000 ރުފިޔާގެ ވައުޗަރެއް ދެއެވެ. ދެ ވަނަ ފަރާތަކަށް 10،000 ރުފިޔާގެ ވައުޗަރެއް ދޭއިރު ތިން ވަނަ ފަރާތަކަށް 5000 ރުފިޔާގެ ވައުޗަރެއް ލިބެ އެވެ.

މަސަކައްކަތްތެރިންގެ މެދުގައި މުޅި ދުނިޔޭގައި އިތުބާރު ހޯދާފައިވާ މެޓާބޯގެ މި ޕްރޮމޯޝަން ކުރިޔަށް ދަނީ އިއްޔެ އިން ފެށިގެން މި މަހުގެ ނިޔަލަށެވެ.

މަޓާބޯގެ އުފެއްދުންތަކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ބޭނުން ކުރަމުން ގެންދާތާ 90 އަހަރުވެފައިވާ އިތުބާރުހުރި ޕަވާ ޓޫލްސްތަކެކެވެ.

ދެހާސް އަށް ވަނަ އަހަރުން ފެށިގެން ހާޑްވެއާގެ ވިޔަފާރި ކުރަމުން އަންނަ ވެލިގާ ހާޑްވެއާއަށް އަންނަ އަހަރު 10 އަހަރު ފުރޭއިރު، މިހާތަނަށް މާލެ، ހުޅުމާލޭ އާއި އެކޮށް ފަސް ފިހާރައެއް ހުޅުވާފައިވެއެވެ. ދުނިޔޭގެ މަޝްހޫރު އެތަށް ބްރޭންޑެއްގެ ކޮލިޓީ އުފެއްދުންތަކެއް މަސައްކަތްތެރިންނާއި ހަމައަށް ފޯރުކޮށްދީފައި ވެއެވެ.