ހަބަރު

ތުޅާދޫ ވަށައިގެން އޮންނަ މަގަށް "އަންނި މަގު" ކިޔައިފި

Apr 24, 2015
1

ރައީސް މުހައްމަދު ނަޝީދަށް ހާއްސަކޮށް ބ. ތުޅާދޫ ވަށައިގެން އޮންނަ ބޮޑު މަގަށް  ނަންދީފި އެވެ.

މި މަގަށް ކިޔާފައި ވަނީ "އަންނި މަގު" އެވެ. އެނަން އެ މަގަށް ދީފައި ވަނީ އެ ރަށުގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކޮށްދެއްވާފައި ވަނީ ރައީސް ނަޝީދު ކަމަށްވުމުން ރަށުގެ ކައުންސިލުން އެނަން ކިޔަން ނިންމުމަށްފަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.  

ތުޅާދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި "އަންނި މަގު" އިފްތިތާހު ކޮށްދެއްވީ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު އެވެ.