ވިޔަފާރި

އީވޯ ހޯމް އަހަރީ ޕްރޮމޯޝަން؛ އެންމެ މަތީ ބިޑަށް ކުޑަކުދިންގެ ބެޑްރޫމް ސެޓެއް!

Apr 25, 2015

ބިޑް ކޮށްގެން އިނާމަކަށް ކުޑަކުދިންގެ ބެޑްރޫމް ސެޓަކާއި މި ނޫންވެސް އިތުރު ސާމާނު ލިބޭ ޕްރޮމޯޝަނެއް އީވޯ ހޯމް އިން މިއަދު ފަށައިފި އެވެ.

"ބިޑް އެންޑް ވިން" ގެ ނަމުގައި މެއި ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ އިނާމަކަށް ދެނީ 75،000ރ. ގެ އަގު ހުރި ކުޑަކުދިންގެ ބެޑްރޫމް ސެޓެކެވެ.

ކުޑަކުދިންގެ ވާހަކަ "ކެޕްޓަން ޝާކޭ" އަށް ހަދާފައިވާ މި ފުރިހަމަ ބެޑްރޫމް ސެޓުގައި ކުޑަކުދިންގެ އެނދަކާއި މޭޒެއް އަދި ކުދިން ކުޅެން ތިބެލަން ހާއްސަ ބައެއްވެސް ހިމެނެ އެވެ. ޖަރުމަނުގެ ކުންފުންޏަކުން ފަރުމާކޮށްފައިވާ މި ސެޓުގެ އެތުރުންތަކާއި ކުލަތައް ހާއްސަކޮށްފައިވަނީ ކުޑަކުދިންގެ ހިތް ދަމައި ގަންނަ ގޮތަކަށެވެ.

އީވޯ ހޯމްގެ ސޭލް އެންޑް މާކެޓިން މެނޭޖަރު އައިޝަތު ރިޒްމާ ވިދާޅުވީ މި ސެޓު ލިބޭނީ އެންމެ ބޮޑު ބިޑެއް ހުށަހަޅާ ފަރާތަކަށް ކަމަށެވެ.

 "އީވޯ ހޯމްގެ ފިހާރައަށް އައިސް ކޫޕަނެއް ލުމުން ބިޑް ކުރެވޭނެ. އެ ކޫޕަންގައި ކަސްޓަމަރުގެ ހުރިހާ ޑީޓެއިލް އެއް ހިމެނޭނެ،" ރިޒްމާވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ފިހާރައިން އިތުރު ވިޔަފާރިއެއް ކުރާކަށް ނުޖެހޭނެ ކަމަށެވެ.

"ކޮންމެ މީހަކަށް އެއް ފަހަރު ބިޑް ކުރެވޭނީ. ބިޑް ސްޓާޓް ކުރެވޭނީ 10،000ރ. އިން،" ރިޒްނާ ވިދާޅުވި އެވެ.

އީވޯ ހޯމްއަކީ ޖަރުމަނާއި ޔޫރަޕުގެ މަޝްހޫރު ބްރޭންޑުގެ ތަކުގެ ފަރުނީޗަރާއި ތަށި މުށި އަދި ބަދިގޭ ސެޓު ވިއްކާ ފިހާރަ އެކެވެ. އީވޯ ހޯމް އިން ވަނީ ކާޕެޓާއި ފްލޯރިން ވިއްކުމަށް ވެސް ހާއްސަ ފިހާރައެއް ހުޅުވާފަ އެވެ.