ހަބަރު

މާރާމާރީއެއްގައި ކުޑަކުއްޖަކު ޒަހަމްކޮށްލައިފި

Apr 25, 2015

ރޭ ހިންގި މާރާމާރީއެއްގައި ކުޑަކުއްޖަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ރޭ 9:00 ޖަހާއެހާކަންހާއިރު ފެންބިލްޑިންގު ކައިރީގައި ހިންގި މާރާމާރީއެއްގައި ކުޑަކުއްޖަކު ޒަހަމްކޮށްލާފައިވާ ކަމަށާއި އެ ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާދީފައިވާ ކަމަށެވެ.

ކުޑަކުއްޖާއަށް މާ ބޮޑު ގެއްލުމެއް ނުވާއިރު ރޭގެ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރެއް ވެސް ނުކުރެއެވެ.