ހަބަރު

އަނަސްގެ މަރާ ގުޅިގެން ފަސް މީހަކަށް ދައުވާ ކުރަން ފޮނުވައިފި

ލިޓަސް ގަރާޖުގައި އަނިޔާވެރި ގޮތަކަށް، ރ. މީދޫ ފެންފިޔާޒުގޭ މުހަައްމަދު އަނަސް މަރާލި މައްސަލައާ ގުޅިގެން ފަސް މީހަކަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

އަނަސްގެ މަރުގެ މައްސަލަ ތަހުގީގަށް ފަހު ދައުވާ ކުރަން ފޮނުވާފައި ވަނީ މ. ދިމިޝްގު އުސްމާން ޝަރީފާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާ، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް، ލ. ގަން ތުނޑީ، ނަންނާރިގެ ޖުނައިހު އަބްދުﷲ އަދި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާގެ މައްޗަށެވެ. އޭގެ އިތުރުން 17 އަހަރުގެ ކުޑަ ކުއްޖަކަށް ވެސް ދައުވާ ކުރުމަށް ވެސް ވަނީ ފޮނުވާފަ އެވެ.

އެ މިހުންގެ ތެރެއިން އުސްމާން އަދި ޒަޔާންގެ މައްޗައް ކުރަނީ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާ އެވެ. ދެން ތިބި މީހުންނަށް ކުރަނީ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

އަތޮޅު ފެރީގެ ކެޕްޓަނެއްގެ ވަޒީފާގައި އުޅުނު އަނަސް ވަރަށް އަނިޔާވެރިކޮށް މަރާލީ ފެރީ ދަތުރުގައި މާލެ އައިސް ހުއްޓަ އެވެ. އޭނާގެ އާއިލާއިން ބުނަނީ އަނަސް އަކީ އެއްވެސް ގްރޫޕަކާ މައްސަލައެއް އޮތް ޒުވާނެއް ނޫން ކަމަށެވެ.