ބޮލީވުޑް

ރިތިކް-ޓައިގާގެ އެކްޝަން ފިލްމުގެ ބަތަލާއަކީ ވާނީ

Oct 14, 2017

އިންޑިއާގެ އެންމެ ބޮޑު ފިލްމު އުފައްދާ ކުންފުނި ޔާޝް ރާޖް ފިލްމްސްގެ ކުޑައިގެ ދަށުން ބޮލީވުޑަށް ނިކުތް ވާނީ ކަޕޫރު އަނެެއްކާ ވެސް އެ ޕްރޮޑަކްޝަން ކުންފުނިން އުފައްދާ ފިލްމެއް ކުޅެން ހަމަޖައްސައިފި އެވެ.

ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފް އެކުގައި ފެނިގެންދާ ފިލްމުގެ ބަތަލާގެ ރޯލު ކުޅެން ވާނީ ހަމަޖައްސާފައިވާކަން ޔާޝް ރާޖްސް ފިލްމްސްއިން ނެރުނު ބަޔާނެއްގައި ވަނީ ހާމަކޮށްފަ އެވެ. އަދި ނަމެއްދީފައިނުވާ އެ ފިލްމަކީ ވާނީގެ ފިލްމީ ކެރިއަރުގައި ވެސް ކުޅޭ ތިން ވަނަ ފިލްމެވެ. އަދި އޭނާ ކުޅޭ ޔާޝް ރާޖްސްގެ ވެސް ތިން ވަނަ ފިލްމެވެ.

އެކްޝަން އެ ފިލްމުގެ ބަތަލާގެ ރޯލަށް ވާނީ ހަމަޖެއްސިކަން ހާމަ ކުރަން ޔާޝް ރާޖްސްއިން ބުނެފައިވަނީ 2019 ވަނަ އަހަރު ނިކުންނަ އެންމެ ބޮޑު އެކްޝަން ފިލްމުގައި ރިތިކްގެ ބަތަލާ އަކަށް ފެނިގެންދާނީ ވާނީ ކަމަށެވެ. އަދި ވާނީ މިހާތަނަށް ކުޅެފައިވަނީ އެންމެ ދެ ފިލްމު ނަމަވެސް މި ފިލްމުގެ ބަތަލާގެ ކިބައިން ބޭނުންވާ ކަހަލަ ޒުވާން ހުނަރުވެރި ތަރިއެއް ކަމަށް ފިލްމުގެ ޑައިރެކްޓަރު ސިދާތް އާނަންދް ވަނީ ބުނެފަ އެވެ.

"މި ފިލްމަށް ބޭނުންވަނީ އެންމެ ބަތަލާއެއް، އެވެސް ވަރަށް ޒުވާން ޖޯޝު ހުރި އެކްޓަރެއް، އެ ހުރިހާ ސިފަތަކެއް ވާނީގެ ކިބައިގައި ހުރުމުން އޭނާ މި ފިލްމު ކުޅެން ހަމަޖެއްސީ،" ސިދާތް ބުނެފައިވެ އެވެ.

ސިދާތް މީގެކުރިން ޑައިރެކްޓްކޮށްފައިވާ ފިލްމަކީ "ސަލާމް ނަމަސްތޭ" އާއި " ބަޗްނާ އެއި ހަސީނޯ" އަދި "އަންޖާނާ އަންޖާނީ" އާއި "ބޭންގް ބޭންގް" އެވެ.

ދެހާސް ތޭރަ ވަނަ އަހަރު ނިކުތް "ޝުދް ދޭސީ ރޮމޭންސް" އިން ސުޝާންތް ސިންގް ރާޖްޕުތާއި ޕަރިނީތީ ޗޯޕްޅާ އާއެކު ބޮލީވުޑަށް ނިކުތް ވަނީ ދެވަނަ އަށް ކުޅެފައިވާ ފިލްމަކީ މިދިޔަ އަހަރު ނިކުތް "ބޭފިކްރޭ" އެވެ. ވާނީގެ އެ ދެ ފިލްމަށް ވެސް މާ ބޮޑު ތަރުހީބެއް ލިބިފައެއްނުވެ އެވެ.