ބޮލީވުޑް

ކެޓްރީނާއަށް އެހީވާން ސަލްމާންގެ ބޮޑީ ގާޑް

Oct 16, 2017
1

ސުޕަސްޓާ ސަލްމާން ޚާންގެ އެންމެ ވަފާތެރި އަދި އޭނާ އެންމެ އިތުބާރުކުރާ ހަށިފާވެރިޔާއަކީ ޝެރާ އެވެ. ސަލްމާން ބޭރުތެރެއިން ފެންނައިރު އޭނާ ހިމާޔަތްކުރަން އެންމެ ކައިރީގައި ހުންނަނީ ޝެރާ އެވެ.

ހިންދޫ ދީނުގައި ފާހަގަ ކުރަމުން އަންނަ ފެސްޓިވަލް ދުވަހެއް ކަމަށްވާ ދިވާލީ ފާހަގަ ކުރުމަށް ބޮލީވުޑްގެ މަޝްހޫރު ތަރިން ބޮޑެތި ޕާޓީތައް ބާއްވަމުން އަންނައިރު، ސަލްމާންގެ އާުއިލާއިން ވެސް ވަނީ އެ މުނާސަބާ ފާހަގަ ކުރުމަށް ހުކުރު ދުވަހުގެ ރޭ ބޮޑު ޕާޓީއެއް ބާއްވާފަ އެވެ.

އެ ޕާޓީގައި ބޮލީވުޑްގެ ނަން މަޝްހޫރު ގިނަ ތަރިންތަކެއް ބައިވެރިވިއިރު، ގިނަ ބައެއްގެ ލޯތައް އަމާޒުވެފައިވަނީ ސަލްމާންގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފް އަށެވެ.

މަޝްހޫރު ގިނަ ތަރިންތަކެއް އެ ޕާޓީގައި ބައިވެރިވާތީ ޕަޕަރާޒީންތައް އޮތީ ސަލްމާންގެ ގެ ކައިރި ވަށާލާފަ އެވެ. އެކަމާ ގުޅިގެން އެ ޕާޓީގައި ބައިވެރިވާން ދިޔަ ގިނަ އަދަދެއްގެ ތަރިންގެ ވަށާލައި ޕަަޕަރާޒީންނާއި އާންމުން އެއްވެފައިވާއިރު ބައެއް ތަރިންނަށް ޕާޓީ އަށް ވަދެވުނީ ވެސް ހާލަކުންނެވެ.

އެކަމާ ހުރެ ސަލްމާން ވަނީ ޕާޓީ ނިމިގެން މެހެމާނުން ގެއަށް ދިޔައިރު ކެޓްރިނާގެ ހަށިފާރަވެރިއަކަށް އޭނާގެ އެންމެ ވަފާތެރި ބޮޑީގާޑު ޝެރާގެ އެހީތެރިކަން ދީފަ އެވެ.

ޝެރާގެ އެހީތެރިކަމާއެކު ކެޓްރީނާ ކާރަށް ހަމައަށް ގެންގޮސްފައިވާއިރު، ޝެރާގެ އެ އަމަލުން ވެސް އޭނާ ކެޓްރީނާއާމެދު ސަމާލުވާ މިންވަރު ހާމަވެގެންދެ އެވެ.

ސަލްމާންގެ ބޮޑީގާޑެއްގެ ގޮތުގައި ޝެރާ މަސައްކަތް ކުރަމުން އަންނަތާ 22 އަހަރު ވެއްޖެ އެވެ.

ސަލްމާން އާއި ކެޓްރީނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނިކޮށް ރަންބީރު އެ ދެމެދަށް ވަދެ، ކެޓްރީނާ ވަނީ ސަލްމާން ދޫކޮށް ރަންބީރާ ލޯބީގެ ގޮތުން ގުޅިފަ އެވެ. ކެޓްރީނާ އާއި ރަންބީރުގެ ދެމެދުގައި އޮތް ހަ އަހަރުވީ ލޯބީގެ ގުޅުން ވެސް މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ ނިމުމަކަށް ގެނެސްފަ އެވެ.

ރަންބީރާއި ކެޓްރީނާ ރުޅިވިފަހުން، ކެޓްރިނާ އާއި ސަލްމާންގެ ގުޅުން ވަނީ އަލުން ބަދަހިވެފަ އެވެ. އެ ދެ ތަރިން މިފަހުން އެކުގައި ކުޅުނު 2012 ވަނަ އަހަރުގެ ކާމިޔާބު ފިލްމު "އޭކް ތަ ޓައިގާ" ގެ ދެވަނަ ބައި، "ޓައިގާ ޒިންދާހޭ" ޑިސެމްބަރުގައި ރިލީޒް ކުރާނެ އެވެ.