ވިޔަފާރި

އެލިއާގެ "ގޯ ޔަމަހާ" ޕްރޮމޯޝަން ފަށައިފި

Oct 16, 2017

"ގޯ ޔަމަހާ" ގެ ނަމުގައި އެލިއާ އިންވެސްޓްމަންޓްސްއިން ހާއްސަ ޕްރޮމޯޝަނެއް ހދ. ކުޅުދުއްފުށީގައި ފަށައިފި އެވެ.

"ގޯ ޔަމަހާ" ގެ ނަމުގައި 13 އޮކްޓޯބަރު 2017 އިން 30 ނޮވެމްބަރ 2017 އާއި ދެމެދު، ޔަމަހާ ޝޯރޫމާއި އަތޮޅުތަކުގައި ޤާއިމް ކޮށްފައިވާ އެލިއާގެ ޑީލަޝިޕް ފިހާރަތަކުން ގަންނަ ޔަމަހާ ބްރޭންޑްގެ ކޮންމެ ސައިކަލަކަށް ވެސް ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ އެވެ. މިގޮތުން 3000 ރުފިޔާ އާއި 6000 ރުފިޔާއާއި ދެމެދުގެ ޑިސްކައުންޓްތައް ލިބޭނެ އެވެ.

މި މުއްދަތުގައި އިންސްޓޯލްމަންޓަށް ނުވަތަ އެއްކޮށް ފައިސާ ދެއްކި ނަމަވެސް މި ޑިސްކައުންޓްލިބި ލިބޭނެ އެވެ.

އެލިއާއިން ބުނެފައި ވަނީ އެ މުޢާމަލާތަކީ ރިބާގެ އެއްވެސް މުޢާމަލާތެއް ނުހިމެނޭ ސައްތައިންސައްތަ އިސްލާމީ ޝަރީއާ ހުއްދަކުރާ ވިޔަފާރި މުޢާމަލާތްތަކެއް ކަމަށެވެ.

އެލިއާއިން ވަނީ 2017 ޖޫން އިން ފެށިގެން ބައިޢުއްތަޤްސީޠު ސްކީމެއް ވެސް ތަޢާރަފްކޮށްފައެވެ. އެ ސްކީމުގެ ދަށުން އެލިއާއިން ވިއްކާ ސައިކަލާއި އައުޓްބޯޑު އިންޖީނު ގަނެވެ އެވެ. އެ ސްކީމުގެ ދަށުން މަހުން މަހަށް ފައިސާ ދެއްކޭ އުސޫލުން ގަންނަ ކޮންމެ ސައިކަލަކީ އަމިއްލަ ނަމުގައި ރަޖިސްޓަރީ ހާޞިލު ކުރެވޭ ސްކީމެކެވެ.