ހަބަރު

އެސްޓީއޯގެ ތެޔޮ ބޯޓު ފުންކޮށްފި

Oct 16, 2017
1

ފަރަށް އެރި، އެސްޓީއޯގެ ތެޔޮ ބޯޓު ފުންކޮށްފި އެވެ. ފަރަށް އެރީ އެސްޓީއޯގެ ތެޔޮ ބޯޓެއް ކަމަށްވާ "ގްރާބު" އެވެ. އަރާފައި ވަނީ ޅ. ފެލިފަރު ކައިރީ ފަރަކަށެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ، އެމްއެންޑީއެފް ސިފައިންނާއި ކޯސްޓްގާޑް ޑައިވަރުންގެ އެހީތެރިކަމާއެކު މިފުކޯގެ ބޯޓެއް ކަފު ޖަހައިގެން ފުންކޮށްފައިވާ ކަމަށެވެ. އެ ބޯޓު ފުންކުރެވިފައިވަނީ 12:20 ހާއިރު އެވެ.

ފަރަށް އެރި އެސްޓީއޯ ބޯޓަށް ގެއްލުމެއް ލިބިފައިވޭތޯ ޑައިވަރުން ބަލަމުންދާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

މިއަދު ހެނދުނު 6:15 ގައި ގުރާބު ފަރަށް އެރީ ށ. މިލަންދޫން ޕެޓްރޯލް ބަރުކޮށްފެން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށެވެ. އޭރު ބޯޓުގައި 12 މީހަކު ތިއްބެވެ.