ހަބަރު

ރައީސްގެ ދެކަނބަލުން ބުރްޖް ހަލީފާ ބައްލަވާލައްވައިފި

Oct 16, 2017
5

ރައީސް އަބްދުﷲ ޔާމީނާއި، އެމަނިކުފާނުގެ އަނބިކަބަލުން ފާތިމަތު އިބްރާޙިމް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ދުބާއީއަށް ވަޑައިގެން ބުރްޖް އަލް ހަލީފާ ބައްލަވާލައްވައިފިއެވެ.

ރައީސްގެ ދެކަނބަލުން، ބުރްޖް ހަލީފާއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ހެޑް އޮފް ޕްރޮޓޮކޯލްއެވެ. ބުރްޖް ހަލީފާއަށް ވަޑައިގެން، ރައީސްގެ ދެކަނބަލުން ވަނީ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ބުރްޖް ހަލީފާއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ އުސް އިމާރާތެވެ. މި އިމާރާތް ރަސްމީކޮށް ހުޅުވާފައިވަނީ 2010 ވަނަ އަހަރުއެވެ.

ރައީސްގެ ދެކަނބަލުން ޔޫއޭއީއަށް ކުރައްވާ ތިން ދުވަހުގެ މި ދަތުރުފުޅުގައި، އެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއާއި ޔޫއޭއީއާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަތަރު އެއްބަސްވުމެއްގައި ސޮއިކުރަން ވެސް ހަމަޖެހިފައިވެ އެވެ.